ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އަޅުވެތިކުރަމުންދަނީ ރައީސް ސާލިހު: އާދަމް ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަޅުވެތިވަމުންދާކަމަށާއި އެ ކަން ކުރަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް އާދަމް ޝަރީފް ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި އޭނާވަނީ ރައީސް ސާލިހުގެ ސަރުކާރު އަނިޔާވެރިކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވާފައިވަނީ ނުހައްގުންކަމަށެވެ. އަދި އެމަނިކުފާނު ނޫނީ ރާއްޖޭގެ އެންމެހާ ސިޔާސީ ލީޑަރުންވަނީ ރާއްޖޭގެ ރައްޔިތުންގެ ބައިތުލްމާލުން ގަނެލާފައިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ކެމްޕެއިން ކުރައްވަމުންދަނީ ދައުލަތުގެ ހަރަދުގައިކަމަށެވެ. އާދަމް ޝަރީފްވަނީ އިލްކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާކަމަށްވެސް ސަރުކާރަށް ތުހުމަތުކޮށްފައެވެ. އޭނާ ވިދާޅުވީ، އެކަން ހުއްޓާލުމަށްފަހު ރައީސް ޔާމީން މިނިވަންކުރުމަށްވެސް ގޮވާލައްވާކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައީސް ސާލިހަށް ލިބިވަޑައިގަންނަވާނީ ތިންވަނަކަމަށެވެ.

ރައީސް ސާލިހަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓުގައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް ސާލިހު ރާއްޖޭގެ ސިފަތައް ނަންގަވާލައްވަމުން ގެންދަވާކަމަށެވެ. އަދި ދިވެހިންގެ ކާބަފައިންގެ ގުރުބާނީތަކުން ހޯދައިދިން މިނިވަންކަމާއި ސިޔާދަތުވެސް ރައީސް ސާލިހު ވިއްކާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީ ފް ވިދާޅުވީ، ރައީސް ސާލިހު ރާއްޖެ އަޅުވެތިކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ތިބީ ރައީސް ސާލިހުގެ ވެރިކަން ބަދަލުކުރަން ކެތްމަދުވެފައިކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް އަންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: