ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފްއަތު ދިފާއު ކުރަނީ ހިޔާނާތް ލިސްޓުގައި ނަން އޮތް މެންބަރުން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ ދިފާއުގައި ވާހަކަދައްކަވަނީ ކޮމްޕްރޮމައިޒްވެފައި ތިބި މެންބަރުންކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު  އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ރިއްފަތު ދިފާއުކުރަނީ މި ސަރުކާރުގެ ވައްކަމާއި ހިޔާނާތުން ނާޖާއިޒު ފައިދާ ލިބޭ މަޖިލީހުގެ މެންބަރުންނާއި، އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ނަން އޮތުމުގެ ސަބަބުން ކޮމްޕްރޮމައިޒްވެފައި ތިބި މެންބަރުންކަމަށެވެ. ހަގީގަތުގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ އެއްވެސް މެންބަރެއް ރިއްފަތުއަށް އިތުބާރު ނުކުރާކަން މަޖިލީހަށް ހުށައެޅި ލިޔުމުން އިނގޭނެކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގައި ތިއްބެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ “ފިކުރެއްގެ ދިރުން” ގެ މެންބަރުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެންބަރުންގެވެސް ތާއީދާއިއެކުއެވެ.

މި ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ކުރިޔަށް ދިޔަ މައްސަލަ ނިމިގެންދިޔައީ ރާއްޖެއަށް ގެއްލުންވާގޮތަށްކަމަށް ބުނެ ކުރަމުން ދާ މަސައްކަތުގެ ތެރެއިންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖެއިން މި މައްސަލައިގައި ވަކާލާތުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ގާނޫނާއި ހިލާފަށެވެ.

ރާއްޖޭގެ އިމުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ، މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރެއްވި ބޭފުޅުން ޜާއްޖޭގެ މަސްލަހަތަށްވުރެ ބޮޑަށް، މޮރިޝަސްގެ މަސްލަހަތު އިސްކުރުމުންކަމަށްވެސް އިދިކޮޅުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: