ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުން ރިޕޯޓުތައް އެކުލަވާލަނީ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރާއެކުގައި--
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު މަޝްވަރާ ކުރެވެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ޓްރައިބިއުނަލްގެ އިޖުރާއީ، އުސޫލުގެ 126 ވަނަ މާއްދާގައި ވާގޮތުގައި އިޓްލޮސްގެ ނިންމުމެއް އެ ދާއިރާ ނުވަތަ މާނައާއި މެދު ހުސޫމަތެއް އުފެދޭ ހާލަތެއްގައި އެ މައްސަލައިގެ ނިންމުން ތަފްސީރު ކުރަން ހުށަހެޅޭނެ އެވެ. 127 ވަނަ މާއްދާގެ ދަށުން ހުކުމް ކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ހަސްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާގިއާއެއް އެނގިއްޖެ ހާލަތެއްގައި އިޓްލޮސްގެ ނިންމުމެއް މުރަޖައާ ކުރަން ހުށަހެޅިދާނެ ކަމަށް ދާއިރާގެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ޗާގޯޒްގެ މި މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދުގައިވާ މައްސަލައެކެވެ. 2010 ގައި ”ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް“ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން އެކަމަށް އިއުތިރާޒުކޮށް އެކަން އދ. ގެ ސެކްރޭޓަރީ ޖެނެރަލަށް ހުށަހެޅީ މޮރިޝަސްއިންނެވެ. އދ އަށް ހުށަހެޅި އެ މައްސަލައިގައި މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އެވެ. އަދި ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީ މި ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. އެކަމާއި ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާކުރުމަށް ފަހު، ނިންމި ނިންމުންތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދި ޕްރެޒިޑެންޑް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ކަނޑުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރާ ކަމަށެވެ. ނާޒިމް ވިދާޅުވީ އެ ޕްރޮފެސަރު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާގެ ރިޕޯޓު މި މަހުގެ މެދުތެރޭގައި ލިބޭނެކަމަށް ލަފާކޮށް ވިދާޅުވީ ޔޫކޭގެ ރިޕޯޓު ފެބްރުއަރީ މަހުގެ ތެރޭގައި ކެބިނެޓަށް ލިބޭނެ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލައ ތައްޔާރު ކުރާ ފައިނަލް ރިޕޯޓު ނިމޭނެކަމަށް ބެލެވެނީ ފެބްރުއަރީ މަހުގެ ފަހުކޮޅަށެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ވެފައިވާ ވައުދުގެ ދަށުން މިއަދު އެ މަސައްކަތަށް ޓީމެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީ އާންމު ކުރީ މިދިޔަ ޑިސެމްބަރު މަހު 19 ގަ އެވެ.

ދިވެހި ސަރުކާރުން މި ސިޓީ އާންމު ކުރިއިރު ކުރިން ތުހުމަތު ކުރި ގޮތަށް ކަނޑުން ބައެއް ދޫކޮށްލުން ނުވަތަ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް އެއްބަސްވާ މޭރުމެއް ހިމަނާފައި ހުރި އެއްވެސް ވާހަކައެއް ނެތެވެ. އެ ސިޓީގައި ވަނީ ޗާގޮސްގެ މައްސަލައިގައި އދ. ގައި ރާއްޖެއިން ވޯޓު ދޭން ނިންމާފައި ވަނީ މޮރިޝަސްއާއި އެއްކޮޅަށްކަމަށާއި، އޭގެ ސަބަބަކީ ގައުމުތައް އިސްތިއުމާރު ކުރުމާއި ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމުގެ މައްޗަށް ނިންމި ނިންމުމެއް ކކަމަށެވެ.

މި މައްސަލައިގައި އޭރު ބަންޑަރަ ނައިބުކަން ކުރެއްވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސަރަހައްދީ އިމުގެ މިން ކަނޑައެޅިފަިއވާއިރު، ރާއްޖޭގެ ދެކުނުން 200 ނޯޓިލަކް މޭލަށްވުރެ އެ ސަރަހައްދު ހަނިވާ ކޮންމެ ފޯރމިއުލާއެއް، ކޮންމެ ވާހަކައެއް އަދި ނިންމާ ކޮންމެ ގޮތަކީވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރު ކަނޑައެޅިފައިވާ ވަރަށްވުރެ އުނިވާ އުނިވުމެއް ކަމަށެވެ. އަދި އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުން ގެއްލުންތަކެއް ލިބިގެންދާކަމަށާއި، ފައިދާއެއް ލިބިގެންދާކަމަށް ބެލެވެން ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ޗާގޮސްގެ މައްސަލައިގައި އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ، ކަނޑުގެ ބައެއް ގެއްލުނުކަމަށް ބުނެ ވާހަކަތައް ދައްކަވަނީ ސިޔާސީ ބޭނުމެއްގައިކަމަށާއި ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލޭފަދަ އެއްވެސް މަޝްވަރާއެއް ނުވަތަ ޑީލެއް ހިނގާފައި ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: