ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީއެއް؛ ކަނޑުގެ ބައެއްގެ ވާހަކަ ނެތް – ސަރުކާރުން އަސްލު ކަށަވަރުކޮށްދޭ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރާއެކުގައި--
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިޓީކަމަށް ބުނާ ސިޓީއެއް އަނެއްކާވެސް ސޯޝަލް މީޑިއާގައި ލީކުވީއިރު އެއީ ސައްހަ ލިއުމެއްކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިޓްލޮސް ހުށަހަޅާފައިވާ މައްސަލައިގެ ސްޓޭންޑު ބަދަލުކޮށް އެކަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާމަކުރީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. މިއީ ދެ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބުނާއިރު، މޮރީޝަސްގެ ސިޔާދަތު ގަބޫލު ކުރުމަށް ރާއްޖެއިން ނިންމިކަން ރިފްއަތު ހާމަކުރީ އިކޮނޮމިކް ޒޯންގެ ފުށު އަރާ މައްސަލައިގެ ޓްރައިބިއުނަލްގަ އެވެ.

ރާއްޖޭގެ ސަރަހައްދީ އިން ކަންޑައެޅުމާއި ގުޅޭގޮތުން ކަނޑުގެ ގާނޫނާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލުގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ބުނާއިރު ކަނޑުތަކާއި ބެހޭ މައްސަލައިގެ ޓްރައިބިއުނަލުގައި ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވޯޓު ދެނޭކަމަށް ހާމަކުރަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ތޯ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ބުނަމުން ދަނީ މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

އެކަމަކު މިހާރު ސޯޝަލް މީޑިއާގައި ލީކުވެފައިވާ ސިޓީގައި ވާގޮތުގައި، ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރައްޖެއިން އެންމެ ކުރީއްސުރެ ގެންގުޅޭ ސްޓޭންޑު ދަމަހައްޓާކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އަދި ސިޓީ ފައްޓަވަމުން ވެސް ވިދާޅުވެފައި ވަނީ ސްޑޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ސިޓީގައި އިތުރަށް ބުނެފައި ވަނީ ރާއްޖެއިން މޮރިޝަސް ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތު ކުރާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް ވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މި މައްސަލައިގައި ސަންގު ޓީވީން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދުއަށް ގުޅާލުމުން މިރޭ ވިދާޅުވީ އެއީ ސައްހަ ސިޓީއެއްކަމަށާއި، އެ އާންމުވިގޮތް ބަލަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ދެ ސޮފުހާގެ އެ ސިޓީގައި ކަނޑުން ބައެއް ގެއްލޭފަދަ ވާހަކައެއް ނެތްއިރު، އިންޑިއާއި ގުޅޭ ބައެއް ފޭކު ޑޮކިއުމަންޓުތަކެއް އަސްލުކަމަށް ބުނެ އާންމު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް މިއަދު އަޑުތައް ފެތުރުނެވެ.

ސޯޝަލް މީޑިއާގައި މީގެ ކުރިން  އާއްމުވެފައިވާ ސިޓީގައި ވާގޮތުން، އެމެރިކާގެ ބޭސްއެއް އޮތް ޑިއޭގޯ ގާސިއާއަށް ރާއްޖެ މެދުވެރިކޮށް ދެވޭނެ މަގު ފަހިކޮށްދޭނެކަމަށެވެ. އަދި މޮރިޝަސްގެ މީޑިއާތަކުގައި ވެސް ސިޓީއާއި ގުޅޭ ބޮޑެތި ތުހުމަތުތަކެއްކޮށްފައި ވެއެވެ.

ކަޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ތަކުރާރުކޮށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.

އޭރު އެ މައްސަލައިގައި ސިޓީ ދޮގު ކުރުމުން، ގިނަ ބަޔަކު ސިޓީ ހާމަ ކުރުމަށް ވެސް ގޮވާލި އެވެ. އެކަމަކު ދެ ގައުމެއްގެ ހެޑް އޮފް ސްޓޭޓުންގެ ދެމެދު ދެކެވޭ ވާހަކަތައް އާންމު ނުކުރެވޭނެކަމަށް ބުނެ ސަރުކާރުން އެކަމަށް ދެކޮޅު ހެދި އެވެ. އަދި ރައީސް ސޯލިހު ވެސް ދެއްވި ޖަވާބަކީ އެއީ އެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި އަސްލު ސިޓީކަމަށް ބުނާ ލިއުން ހާމަވީއިރު، އެ ސިޓީގައި ހާމަނުކުރެވޭ ފަދަ އެއްވެސް ސިއްރު ވާހަކައެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: