ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި ހަވާލު ކުރި ރިޕޯޓު ފެބްރުއަރީ މަހު ނިމޭނެ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރާއެކުގައި--
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ބޭރުގެ އެކްސްޕާޓުންނާއި އެކު އެކުލަވާލާ ރިޕޯޓު ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް ލިބިފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.

ޓްރައިބިއުނަލްގެ އިޖުރާއީ، އުސޫލުގެ 126 ވަނަ މާއްދާގައި ވާގޮތުގައި އިޓްލޮސްގެ ނިންމުމެއް އެ ދާއިރާ ނުވަތަ މާނައާއި މެދު ހުސޫމަތެއް އުފެދޭ ހާލަތެއްގައި އެ މައްސަލައިގެ ނިންމުން ތަފްސީރު ކުރަން ހުށަހެޅޭނެ އެވެ. 127 ވަނަ މާއްދާގެ ދަށުން ހުކުމް ކުރި މަރުހަލާގައި އިޓްލޮސްއަށް އަދި މައްސަލައިގެ ހަސްމުންނަށް އޭގެ ތަބީއަތުގައި އެނގިފައި ނެތް ވާގިއާއެއް އެނގިއްޖެ ހާލަތެއްގައި އިޓްލޮސްގެ ނިންމުމެއް މުރަޖައާ ކުރަން ހުށަހެޅިދާނެ ކަމަށް ދާއިރާގެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ޗާގޯޒްގެ މި މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދުގައިވާ މައްސަލައެކެވެ. 2010 ގައި ”ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް“ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން އެކަމަށް އިއުތިރާޒުކޮށް އެކަން އދ. ގެ ސެކްރޭޓަރީ ޖެނެރަލަށް ހުށަހެޅީ މޮރިޝަސްއިންނެވެ. އދ އަށް ހުށަހެޅި އެ މައްސަލައިގައި މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އެވެ. އަދި ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީ މި ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. އެކަމާއި ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާކުރުމަށް ފަހު، އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރަކާއި ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ހަވާލު ކުރިކަން މި މަހުގެ ކުރީކޮޅު ހާމަކުރި އެވެ.

މިހާތަނަށް މަސައްކަތް ގޮސްފައިވާ ހިސާބާއި، އަދި ކެބިނެޓުގައި ނިންމި ބައެއް ނިންމުންތަކުގެ މައުލޫމާތުތައް ހާމަކުރައްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ފައިނަލް ރިޕޯޓު ފެބްރުއަރީ މަހު ހުށަހެޅޭނެ ކަމަށެވެ. އަދި މައްސަލަ އިސްތިއުނާފު ކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ނަންތައް ހާމަނުކޮށް ނާޒިމް ވިދާޅުވީ އެ މަސައްކަތުގައި ޑިފެންސް މިނިސްޓްރީގެ އިސްބޭފުޅުންނާއި، އޭޖީ އޮފީހުގެ އިސް ވަކީލުން ހިމެނޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ އިތުރު އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލައި ތައްޔާރު ކުރާ ފައިނަލް ރިޕޯޓު ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހެޅޭނެ ކަމަށެވެ.

ޗާގޯޒްގެ މި މައްސަލަ އަކީ އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދުގައިވާ މައްސަލައެކެވެ. 2010 ގައި ”ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް“ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން އެކަމަށް އިއުތިރާޒުކޮށް އެކަން އދ. ގެ ސެކްރޭޓަރީ ޖެނެރަލަށް ހުށަހެޅީ މޮރިޝަސްއިންނެވެ. އދ އަށް ހުށަހެޅި އެ މައްސަލައިގައި މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އެވެ. އަދި ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގައި މިހާރުގެ އޭޖީ އަހުމަދު އުޝާމް ހިމެނޭހެން، ކުރީގެ ބަންދާރަ ނައިބުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސަރަހައްދީ އިމުގެ މިން ކަނޑައެޅިފަިއވާއިރު، ރާއްޖޭގެ ދެކުނުން 200 ނޯޓިލަކް މޭލަށްވުރެ އެ ސަރަހައްދު ހަނިވާ ކޮންމެ ފޯރމިއުލާއެއް، ކޮންމެ ވާހަކައެއް އަދި ނިންމާ ކޮންމެ ގޮތަކީވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިހާރު ކަނޑައެޅިފައިވާ ވަރަށްވުރެ އުނިވާ އުނިވުމެއް ކަމަށެވެ. އަދި އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުން ގެއްލުންތަކެއް ލިބިގެންދާކަމަށާއި، ފައިދާއެއް ލިބިގެންދާކަމަށް ބެލެވެން ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: