ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ މުވައްޒަފުންނަށް މެލޭޝިއާގެ ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު

އެމްޕީއެލްގެ މުވައްޒަފުންނަށް މެލޭޝިއާގެ ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު
ޝެއާރކޮށްލާ ކަހަލަދޯ؟

މުވައްޒަފުންގެ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މެލޭޝިއާގެ “ނެދަލޭންޑްސް މެރިޓައިމް ޔުނިވަސިޓީ ކޮލޭޖް” (އެން.އެމް.ޔޫ.ސީ) އާއެކު އެމް.އޯ.ޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ސީ.އީ.އޯ ޝާހިދު ޢަލީއެވެ. އެން.އެމް.ޔޫ.ސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ އެގްޒެކުޓިވް ޗެއަރމަން ޑަޓޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ.

މި އެމް.އޯ.ޔޫގެ ދަށުން ޕޯޓާ ގުޅުންހުރި އެކި ދާއިރާތަކުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން އިން ފެށިގެން، މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރަސަތު ލިބޭނެއެވެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ. އަދި ދެ ފަރާތުން ލިބިގެން، މީހުން ބިނާކުރުމާއި ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓަންސީގެ ބައެއް މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ޝާހިދު ވިދާޅުވީ މި އެމް.އޯ.ޔޫ އަކީ މެރިޓައިމް ޕޯޓުގެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމް.ޕީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދޭނެ. މީހުން ބިނާކުރުމާއި މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގެ ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް މިއީ
ޝާހިދު

އެން.އެމް.ޔޫ.ސީގެ ޗެއަރމަން ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއަދަކީ “ބަދަހި ގުޅުމެއްގެ ފެށުން” ކަމަށާއި މި އެމް.އޯ.ޔޫގެ ދަށުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ތަޢުލީމުގެ އިތުރުން، މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: