ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ މެޖޯރިޓީ، މިއީ އެ ޕާޓީގެ އެއްބައި: ނަޝީދު

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އަސާސްތަކާއި، އެ ޕާޓީ މިހާރު ހިނގަމުން ދާ ގޮތް ގަބޫލު ނުކުރެވޭތީ އުފައްދާ ޑިމޮކްރެޓްސްގައި އެ ޕާޓީގެ 80 އިންސައްތަ މެމްބަރުން އެބަތިބިކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވައި، ރައްޔިތުންގެ ތާއީދު ލިބިދާނެކަމަށް ރައީސް ނަޝީދު ގަބޫލު ނުކުރައްވަ އެވެ. އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި، ސިޔާސަތުތަކާއި ރައީސް ސޯލިހު ތަކުރާރުކޮށް ހިލާފުވިކަމުގެ ތުހުމަތާއި އެކު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާއި އެކު ރައީސް ނަޝީދު ޑިމޮކްރެޓްސްގެ ޖަލްސާއިން ފެނިގެން ދާނެކަމަށް އޮތީ ގަބޫލު ކުރެވިފަ އެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެ ޕާޓީއަކީ އެމްޑީޕީގެ އެއްބައި ކަމަށެވެ. އަދި އެ ޕާޓީ ދޫކޮށް އައި މެމްބަރުންނާއި އެކު ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އިންސަތަ އެވެ. ނުވަތަ މިއީ އެ ޕާޓީގެ 80 އިންސައްތަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވަކިވެގަނެ ވަކިން އެހެން ތަނަކަށް ޖަމާވާން ޖެހުނީ އުންމީދުތައް ގެއްލިގެން ދިއުމުން ކަމަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމު ދޯދިޔާވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާއިރު މިއަދު މިނިވަން މުވައްސަސާއެއްގެ މަސައްކަތްތައް އެއީ އިހުލާސްތެރި ތެދުވެރި މަސައްކަތެއްކަމަށް ގަބޫލު ކުރާ ރައްޔިތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ އުންމީދު ނާކާމިޔާބުވެއްޖެ.. އިންސާފުވެރި، ގޮތުގައި ރައްޔިތުންގެ މާލިއްޔަތު ބަލަހައްޓަނެކަމުގެ އުންމީދު މުޅިން ފަނޑުވެއްޖެ.. ރައްޔިތުންގެ ފައިސާ ދެ ފުށް ފެންނަ ގޮތަކަށް ނޫނީ ހަރަދު ނުކުރާނެކަމަށް ވަމުން އައި ވައުދު ގެއްލި ގޮސްފި..

ރައީސް ނަޝީދު ވިދާޅުވީ މިއަދު ސަރުކާރަށް ގަބޫލު ކުރެވޭ ގޮތުގައި، ކަންކަން ހާސިލު ކުރެވެން އޮތީ ކޮންޓްރެކްޓުތައް ދީގެންނެވެ. އެއީ އުމްރާނީ ތަރައްގީކަމަށް ސަރުކާރުން ދެކޭކަމަށާއި، ވެރިކަމަށް އައުމަށް ވީ ވައުދުތައް އެއްފަރާތްކޮށް ކިރިޔާ ވެސް ޕްރޮޖެކްޓެއް ހިންގަނީ ހެޔޮ ނިޔަތެއްގައި ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވާލުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޑިމޮކްރެޓްސްގެ ދަތުރުތައް ވެސް ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: