ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް ޖަލްސާގައި ނަޝީދު ގޮވާލީ، ޔާމީން އިންތިހާބުގައި ވާދަ ނުކުރަން

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި، އެމަނިކުފާނު ނުވަތަ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވާދަ ނުކުރައްވައި އެންމެ ރަނގަޅު ގޮތަކީ ރައްޔިތުން އެދޭ ގޮތް ހޯދައިދިނުންކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ލިބުނު ނާކާމިޔާބީ އާއި، އަދި ޕާޓީގެ އެތެރޭގެ ގިނަ މައްސަލަތަކަށް ފަހު ރައީސް ނަޝީދާއި އަރިސް މެމްބަރުން ނިންމެވީ އެ ޕާޓީ ދޫކޮށް އައު ސިޔާސީ މަސައްކަތެއް ފެށުމަށެވެ. އެގޮތުން ޑިމޮކްރެޓްސްގެ ނަމުގައި އުފައްދާ ސިޔާސީ ޕާޓީގެ ގައުމީ ޖަލްސާ މިރޭ ޣިޔާސުއްދީން ސްކޫލުގައި ކުރިޔަށް ގެންދިޔަ އިރު ބައްދަލުވުން ފަށާފައި ވަނީ 500 އަށް ވުރެ ގިނަ މެމްބަރުނާއި އެކު އެވެ.

ޖަލްސާ ފެށުމުގެ ރަސްމިއްޔާތަށް ދެއްވި ދައުވަތަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އާއި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި، ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމް ބައިވެރިވި އެވެ.

އެންމެ ކުރީ ސަފުގައި ޕާޓީތަކުގެ ބޭފުޅުން ތިއްބެވި އިރު، ރިޔާސީ އިންތިހާބުގެ މައުޟޫއު ރައީސް ނަޝީދު ނެންގެވީ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ފާހަގަކުރަން ބޭނުންވާ ކަމެއް އޮތްކަމަށް ވިދާޅުވެ އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި މެދު ހިތްހަމަނުޖެހިފައި ކަމަށެވެ. އަދި ވެރިކަން ބަދަލު ކުރުމަށް ރައްޔިތުން ބޭނުންވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މަސައްކަތް ކާމިޔާބު ކުރުމަށް ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކުރިޔަށް ދިއުމަކީ އެއީ އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ގައުމުގެ ވެރިކަމަށް އައުމުގެ ކުރިޔަށް ރައީސް ޔާމީން ދައުލަތުގެ އިސް މަގާމުތައް ފުރުއްވުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް އަދާކުރި ކަމަށެވެ. އަދި އެމަނިކުފާނު ގައުމަށް ގިނަ ހިދުމަތްތައް ކުރެއްވިކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވެސް އަދި ރައީސް ޔާމީން ވެސް ރިޔާސީ ރޭހުގައި ވާދަ ނުކުރައްވައި އެންމެ ރަނގަޅު ގޮތަކީ ދެބޭފުޅުން ގުޅިގެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ގައުމަށް ހޯދަދޭން ވީ ރައްޔިތުން އެދޭ ބަދަލާއި، އުންމީދުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތި ނުލައި.. އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތަށް ބަދަލު ހޯދައިދޭން ވީ

ރައީސް ނަޝީދު ވިދާޅުވީ އެކި ގޮތްގޮތުން ނަގާ ރައްޔިތުންގެ ހިޔާލު ހުރި ގޮތުގެ ވޯޓުތަކުން ވެސް ރައީސް ސޯލިހަށް ތާއީދެއް ނެތްކަން ހާމަވާ ކަމަށެވެ. ތާއީދާއި ގުޅޭ ބައެއް އެމަނިކުފާނު ލަފާ ކުރާ އިންސައްތައެއް ހިއްސާކޮށް ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާއި މެދު ގޮތެއް ނުނިންމާ ވޯޓުލާ އާބާދީގެ 55 އިންސައްތަ އެބައޮތް ކަމަށެވެ. އަދި އެ ތަފާސްހިސާބުތަކަކީ އެއީ ތާއީދު ނެތްކަމުގެ ހެކިކަމަށް ވިދާޅުވި އެވެ.

މި އިންސައްތައިގެ އިތުރަށް، ރައީސް ސޯލިހަށް އޮތް ތާއީދަކީ އެމަނިކުފާނު ލަފާ ކުރެއްވި ގޮތުގައި 15 އިންސައްތަ އެވެ. އެއަށްފަހު ރައީސް ޔާމީނަށް 18 އިންސައްތަ، އަދި އެމަނިކުފާނަށް 05 އިންސައްތަ އެވެ.

ރައީސް ޔާމީން އޮންނެވީ ޖަލުގައި.. އެހެން ނަމަވެސް އެމަނިކުފާނަށް 18 އިންސައްތަ އެބަ ލިބިވަޑައިގަންނަވާ..

މީގެއިތުރުން ރައީސް ނަޝީދު ވަނީ، އެއްވެސް ބޭފުޅަކު ޖަލު ހުކުމެއްގައި ހުރުމަށް އެމަނިކުފާނު ބޭނުން ނުވާކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީންގެ ބައެއް ހިދުމަތްތައް ފާހަގަކުރައްވައި އެންމެ ރަނގަޅު ގޮތަކީ ދެ ބޭފުޅުން ވެސް އިންތިހާބުގައި ވާދަ ނުކޮށް އެކުގައި ގުޅިފައިވާ ކެނޑިޑޭޓެއް ނެރުންކަމަށް އިޝާރާތް ކުރެއްވީ އެއާއި އެކު އެވެ.

މިރޭގެ ޖަލްސާގައި ގުޅިފައިވާ ކެނޑިޑޭޓެއް ނެރުން އެއީ އެންމެ ފައިދާ ހުރި ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީ ދެމެދު ރަސްމީ މަޝްވަރާތައް ދަނީ ކުރިޔަށެވެ. މިއީ ރިޔާސީ އިންތިހާބާއި ގުޅުން ހުރި މަސައްކަތެއް ނޫންކަމަށް ބުނެ އިދިކޮޅުން ވަނީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ބުނެފަ އެވެ. އަދި ގުޅިފައިވާ ކެނޑިޑޭޓެއްގެ ވާހަކަ ދެކެވުނު މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެ ވާހަކަތައް އައީ ރައީސް ނަޝީދުގެ ހިއްސާ އޮންނަކަމަށް ބުނާ އޯޝަން ވީކްލީ މަޖައްސާލަގައި ”ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން؛ ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް“ ސުރުހީގެ ދަށުން އާއްމު ކުރި ރިޕޯޓެއްގެ މައްސަލައާއި އެކު އެވެ. އެ ރިޕޯޓަށް ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންތައް ރައްދު ދެއްވިއިރު އޭގެ ތެރޭގައި ޝިޔާމް ވެސް ހިމެނެ އެވެ.

ޑިމޮކްރެޓްސް އާއި އިދިކޮޅު ކޮންގެރެސް ކޯލިޝަން ދެމެދު ކުރިޔަށް ދާ މަޝްވަރާތަކަކީ ގޮތް ނޭނގޭ، އޭގެ ފަހަތުގައި އެހެން އެއްބަސްވުންތަކެއް ހިމެނޭކަމުގެ ތުހުމަތު ކުރާ މަސައްކަތެކެވެ. އަދި އެކަމާއި ގުޅޭ ބައެއް މީޑިއާ ރިޕޯޓުތައް އެކި މަސްދަރުތަކާއި ހަވާލާދީ ގެނެސްދީފައިވާއިރު، ޕީޕީއެމް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: