ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ގޯނާ ކުރާ މީހުން ބަންދުގައި ހިފެހެއްޓޭނެ, ނަމަވެސް ގިނަ މީހުން ހުކުމް ކުރެވެންދެން ދޫކޮށްލާ: އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓު

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދާ ސިލްސިލާ ހަރަކާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ ކުރެވޭ ފަރާތްތައް ބަންދުކޮށް ހިފެހެއްޓުމުގެ ބާރު ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިފައިވާނަމަވެސް، ހުކުމް އިއްވުމާއި ޖެހެންދެން އެފަދަ މީހުން މުޖުތަމަޢު ތެރެއަށް ދޫކޮށްލާފައި ތިބޭކަން އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ބުނެފިއެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކުރެވިފައިވާ ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ ރިޕޯޓެއްގައިވާގޮތުން، ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރާ ފަރާތްތަކަށް 25 އަހަރުގެ ހުކުމެއް ކުރުމުގެ ފުރުސަތުވެސް ގާނޫނީ ގޮތުން އޮވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުވާ ކުރެވިފައިވާ ފަރާތްތައް ބަންދުކޮށް ހިފެހެއްޓުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށާއި އެހެންނަމަވެސް އެފަދަ ގިނަ މީހުންނަށް އަނބުރާ އެ ކުށް ކުރި މުޖުތަމައަށް ދިއުމަށް ފުރުސަތު ލިބިގެންދާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، އެފަދަ މައްސަލަތައް ތަހުގީގުކުރަނީ ފުލުހުންގެ މުއައްސަސާއެވެ. އަދި އަނިޔާތައް ލިބިގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަނީ ގެންޑާރ މިނިސްޓްރީއިންކަމަށާއި އެހެންނަމަވެސް އެފަދަ ކަންކަމުގައި އެހީ ފޯރުވައިދިނުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން މަދުކަމަށް ބުނެފައިވެއެވެ. އަދި އެ ނޫންވެސް ތަމްރީނުތައް ލިބިފައިވާ މުއައްޒިފުން މަދުކަމަށް ދެކޭކަމަށް ރިޕޯޓުގައިވެއެވެ.

ސްޓޭޓު ޑިޕާޓުމެންޓުން ބުނެފައިވާގޮތުން، 2022 ވަނަ އަހަރުގެ ތެރޭގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖެންޑާރއަށް ހުށައެޅިގެންދިޔަ މައްސަލަތަކުގެ ތެރެއން 70 އިންސައްތައަކީ ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތަކެވެ. އަދި އެ މައްސަލަތަކުގެ ތެރެއިން އަގުލަބިއްޔަތަކީ ޖިންސީ ގޯނާގެ މައްސަލަކަމަށް ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަށް އަލިއަޅުވައި އެމެރިކާގެ ސްޓޭޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއް: ފޮޓޯ/ ފައިލް ފޮޓޯ

ފުލުހުންގެ މުއަައްސަސާއަށް ހުށައެޅުުނު ކުޑަކުދިންނަށް ގޯނާކުރުުމުގެ މައްސަލަތަކުގެ ތެރެއިން 31 އިންސައްތައަކީވެސް ޖިންސީ ގޯނާގެ މައްސަލަތައްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މި އަދަދުގެ ތެރެއިން ފުލުހުންގެ މުއައްސަސާއިން ދައުވާ ކުރުމަށް ފޮނުވާފައިވަނީ 2 އިންސައްތަކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުންވަނީ އަހަރުގެ ތެރެއަށް ދެމިގެންދާ ފަދަ ގޮތަކަށް އެ ފަދަ މައްސަލަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށާއި ރޭޕުގެ މައްސަލަތައް ބެލުމުގައި އިހުމާލުތައްވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުމަށް ސޯޝަލްމީޑިއާގައި އެކި ހަރަކާތްތެރިވެފައެވެ. އަދި މި ފަދަ މައްސަލަތައް ބެލުމުގައި މުއައްސަސާތަކުގެ ދެމެދު ކުރެވޭ މުއާމަލާތްތައް އަދި ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ނޫންކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ރިޕޯޓުކުރާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެފަދަ މައްސަލަތައް ބެލުމުގައި ލަސްތައް ވުމާއި، ކަނޑައެޅިފައިވާ އާންމު އުސޫލުތައް ނެތުމަކީވެސް މައްސަލައެއްކަމަށް މައުލޫމާތު ދޭކަމަށް ބުނެފައިވެއެވެ. އެ ފަދަ މައްސަލަތައް ކުރިއަށް ދާ ގޮތް ބެލުމަށާއި އެހެނިހެން މުއައްސަސާތަކުން  އަޅާފައިވާ ފިޔަވަޅުތައް ބެލޭނެ ގޮތަށް ބިނާކޮށްފައިވާ ”އޮންލައިން ޗައިޑް ރައިޓްސް ކޭސް މެނޭޖުމެންޓު ސިސްޓަމް“ ކަމާއި ބެހޭ ފަރާތްތަކުން ބަރާބަރަށް ބޭނުން ނުކުރާކަމަށް ރިޕޯޓުކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: