އަންހެނަކު ކުޑަ ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެއްޖެއެވެ.
ޖެންޑާރ މިނިސްޓްރީ ޓެގުކޮށްފައި މީހަކު އެކްސްގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ ފޯނާއި ކުޅެން ހުރި އަންހެން މީހަކު، ކުޑަ އަންހެން ކުއްޖަކު ދޮރުން ނުކުތުމާއިއެކު ޖަހާ މަންޒަރެވެ. އަދި ކުޑަކުއްޖާ އެކަމަށް ބެލުމެއް ނެތި ކޮތަޅެއް އުފުލައިގެންދާ މަންޒަރުވެސް ފެނިގެންދެއެވެ.
ވީޑިއޯ ހިއްސާކުރި މީހާވަނީ އެ ވީޑިއޯއިން ފެނިގެންދާ މީހާގެ ނަންވެސް ހިއްސާކޮށްފައެވެ. އާންމުވެފައިވާ ވީޑިއޯއަށް ކޮމެންޓުކޮށްފައިވާ ގިނަ އަދަދެއް މީހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ފެނިގެންދިޔައީ ކެމެރާއަކަށް އެރި މިންވަރުކަމަށާއި ނުފެންނާނެ ފަދަ ތަންތާނގައި އިތުރަށް އަނިޔާކުރާނެކަމަށް ބައެއް މީހުން ބުނެފައިވާއިރު، ކުއްޖާ ގައިގައި ޖެހުމުން ކަމެއް ނުވާ ފަދައިން ކުރަމުންދިޔަ މަސައްކަތާއިގެން ކުރިއަށް ދިއުމުން އެފަދަ އަނިޔާތައް ލިބުމަކީ އާންމު ކަމެއް ކަމަށް ބެލެވޭކަމަށްވެސް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ވީޑިއޯ އާންމު ކުރި މީހާ ވަނީ ގެންޑެރ މިނިސްޓްރީއިން އެ މައްސަލަ އަވަހަށް ލަސްނުކޮށް ބަލައިދިނުމަށް އެދިފައެވެ.

