ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިންއަކީ މައުސޫމެއްކަމަށް ސުޕްރީމް ކޯޓުން ބުނެފައިވުމަކީ ސާލިހު ޖުޑިޝަރީ ބޭނުން ކޮށްގެން އަނިޔާ ކުރާ ކަމުގެ ހެއްކެއް: އަދުރޭ

އިދިކޮޅުގެ ލީޑަރޝިޕުން ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުއްވައިގެން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭތު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަނިޔާކުރައްވަމުންދާކަން، މިނިވަންވެވަޑައިގެންނެވި އިރު އެމަނިކުފާނަކީ މައުސޫމެއްކަމަށް ސުޕްރީމް ކޯޓުން ބުނެފައިވުމުން ސާބިތުވެގެންދާކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ހުކުމާއިމެދު ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ، އިދިކޮޅުން މަސައްކަތްކުރަމުންދަނީ ގަބޫލުކުރާ ހަގީގަތްތަކެއްގެ މައްޗަށް ބިނާވެގެންކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތްކުރައްވަމުންދަނީ ރައީސް ޔާމީންއަކީ ކުށްވެރިއެއް ނޫންކަމަށް އަމިއްލަ ހިތުގެ އަޑިން ގަބޫލުކުރައްވައިގެން ތިއްބަވައިގެންކަމަށެވެ. އަދި ރައީސް ޔާމީން އާއިއެކު ސާބިތުވެ ތިއްބެވީ އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްކަމަށް ގަބޫލުކުރެއްވޭތީކަމަށް ފާހަގަކުރެއްވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ، ރައީސް ޔާމީން އާއިއެކު ތިއްބެވީ ރައީސް ޔާމީން ދައުލަތުގެ މާލިއްޔާތަށް ހިޔާނާތްތެރިވެވަޑައިނުގަންނަވާނެކަން ކަށަވަރުވެވަޑައިގަންނަވާތީކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ރާއްޖެއަށް ވަފާތެރިވާނެކަމާއި، ރައްޔިތުންނަށް އޯގާތެރިވާނެކަމާއި އެމަނިކުފާނުގެ ޒައާމަތެއްގައި ގައުމުގެ މިނިވަންކަމަށް ބުރުއަރާނެފަދަ އެއްވެސް އަމަލެއް ނުހިންގަވާނެކަމުގެ އިތުރުން އިސްލާމް ދީނަށް އިހާނެތިކޮށް ނުހިއްތަވާނެކަމާއި އެމަނިކުފާނު އިސްކުރައްވާނީ ގައުމާއި ރައްޔިތުންކަންވެސް ގަބޫލުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، އެމަނިކުފާނާއިއެކު ސާބިތުވެ ތިއްބެވީ ކުރިން ވިދާޅުވި ސަބަބުތަކާއި ގުޅިގެންކަމަށެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައްވަމުންދަނީ މިސަރުކާރުން އެމަނިކުފާނަށް ނުހައްގުން އަނިޔާތަކެއް ދެމުންދިއުމާއިގުޅިގެންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ހުކުމަކީ ސައްހަ ނޫން ހުކުމެއްކަން ތަކުރާރުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އިންސާފުން ބޭރުން ކުރެވިފައިވާ ހުކުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުއްވައިގެން ރައީސް ޔާމިންއަށް އަނިޔާކުރައްވަމުންދާކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ފުރަތަމަ ކުރެވުނު ހުކުމުން އެކަން ސާބިތުވާކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާކަމަށެވެ. އަދި ފާސިގުންގެ ހެކިބަސް ނުނެގޭނެކަމަށްވެސް ސުޕްރީމު ކޯޓުގެ ނިންމުމުގައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިއަދުވެސް ހުކުމް ކޮށްގެން އުޅެނީ “އެ ފާސިގުންގެ” ހެކި ބަހުގެ ސަބަބުންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅުން މަސައްކަތްކުރަމުންދަނީ މީހަކު ބުނެގެން ނޫންކަމަށެވެ. އަދި ބަޔަކަށް ދެއްކުމަށްވެސް މަސައްކަތް ނުކުރައްވާކަމަށާއި މަސައްކަތްކުރައްވަމުންދަނީ ރައީސް ޔާމީން ނޫނީ ގައުމަށް ތެދުވެރި ވަފާތެރި ލީޑަރެއް ނެތްކަން ގަބޫލުކުރައްވައިގެންކަަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: