ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގެ ބާކީ ވާ ވޯޓު ކަރުދާސްތައް ޕަންޗު ކުރަނީ

އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް ވޯޓު ކަރުދާސް ދައްކާލަނީ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބާކީވާ ވޯޓު ކަރުދާސްތަކުގައި ޕަންޗަރުން ލޯވަޅެއް އަޅާގޮތަށް ނިންމައިފި އެވެ.

މި ގޮތަށް ނިންމާފައި ވަނީ، ރިޔާސީ އިންތިހާބު 2023 ގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގަ އެވެ.

ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ކޮމިޓީގެ މެމްބަރުން ކޮމިޝަނަށް ދިން ލަފައަށް ރިއާޔަތްކޮށް، ރިޔާސީ އިންތިހާބުގެ ވޯޓު ނަގާ ނިންމުމަށް ފަހު ބާކީ ހުންނަ ވޯޓު ކަރުދާސްތައް ސެކިއުރިޓީ އުރައިގައި ބަންދު ކުރުމުގެ ކުރިން އެ ކަރުދާސްތައް އެއީ “އިންވެލިޑް ވޯޓު ކަރުދާސްތައް” ކަމުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ އެކަމުގެ ބޭނުމަށް ކެނޑިޑޭޓުންގެ ނަމްބަރު ޖަހާފައި ހުންނަ ފަރާތުން ބާކީ ހުންނަ ކަރުދާސްތައް ޕަންޗު ކުރުމަށް ނިންމާފައިވާކަމަށެވެ.

އިންތިހާބުގެ ވޯޓު ލުމުގެ ވަގުތު ހަމަވުމަށް ފަހު، ބާކީވާ ކަރުދާސްތައް ނައްތާލުމަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް އެވެ. އެކަމަކު އެ ހުށަހެޅުމަށް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުއިރު ހަބީބް ވިދާޅުވީ ވޯޓު ކަރުދާސްތައް ސީދާ ނައްތާލެވޭނެކަމަށް ބުނާ ގާނޫނީ ވަކި މުއްދަތެއް އޮންނަ ކަމަށެވެ.

ހަބީބްގެ ވާހަކައަށް ފަހު ޕީއެންސީގެ ނައިބު ރައީސް އިސްމާއިލް ޝުޖާއު ވިދާޅުވީ، ކޮންމެ އިންތިހާބެއްގައި ވެސް ވޯޓުލައި ނިމޭއިރު ބޭނުން ނުކޮށް ބާކީ ހުންނަ ވޯޓު ކަރުދާސްތަކާއި މެދު އޮންނަ ކަންބޮޑުވުންތައް އިތުރުވާކަމަށެވެ. އަދި ވަކިން ހާއްސަކޮށް މި ސަރުކާރުގެ ނުފޫޒު އިންތިހާއަށް އިލެކްޝަންސް ކޮމިޝަނަށް އޮތުމާއި އެކު އެ ޝަކުވާތައް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާއި ގުޅޭގޮތުން އެހެން ޕާޓީތަކުން ބުނީ، ވޯޓަށް ފަހު ބާކީވާ ވޯޓު ކަރުދާސްތަކުގެ ކަން ކަނޑާލުން ނުވަތަ ލޯވަޅު އެޅުންފަދަ ކަމެއް ކުރުން ރަނގަޅު ކަމަށެވެ. އެކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވެސް އެބަސްވި އެވެ.

މީގެއިތުރުން މެމްބަރުންގެ ވާހަކައަށް ފަހު ހަބީބް ވިދާޅުވީ، ވޯޓުލައި ނިމުމުން ބާކީ ހުންނަ ވޯޓު ކަރުދާސްތައް އެއީ ސެކިއުރިޓީ އުރައިގައި ބަންދުކޮށްފައި ހުންނަ ކަރުދާސްތަކެއްކަމަށާއި އޭގައި ސޮއި ކުރުމާއި ބާކީ ކަރުދާސްތައް ގުނާނީ ވެސް އެންމެންގެ ކުރިމަތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: