ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އެމެރިކާ ދަތުރުގެ ހަރަދު ހާމަކުރުމަށް އެންގުމުން ދައުލަތުން ސުޕްރީމް ކޯޓަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކުގަ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރުމަށް ހައިކޯޓުން ތާއީދު ކުރުމުން، އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި، ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މައްސަލަ އިސްތިއުނާފުކޮށް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

އައިކޮމްގެ ނިންމުމުގައި ވަނީ އެއީ ހާމަކުރަން ޖެހޭ މައުލޫމާތެއްކަމަށާއި، އެ މައުލޫމާތު ހާމަކުރާއިރު އުނި ކުރަންޖެހޭކަމެއް ހުރިނަމަ އެކަން އުނި ކުރުމަށް ފަހު އެ މައުލޫމާތު ހާމަކުރުމަށް އަންގާ ކަމަށެވެ.

މިއީ ރައީސް ސޯލިހު އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރެއްވި ދަތުރުގައި ސަރުކާރުގެ ވަފުދުގެ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހަށް ހުށަހެޅި މައްސަލަ އެކެވެ. އެ މައުލޫމާތުތައް ހާމަކުރުމަށް އިކޮމްއިން އެންގުމުން، ދައުލަތުން އެކަމަށް ދެކޮޅު ހަދައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން އެ ނިންމުމަށް ތާއީދު ކުރި އެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.

މައުލޫމާތުތައް ދޭން ދެކޮޅު ހަދާ ސަބަބެއްކަމަށް ސަރުކާރުން ބުނެފައި ވަނީ، ދަތުރުގައި ބައިވެރިވި ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެތީ އާއި، ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ވެސް ނުރައްކާވެދާނެކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: