ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގާއި ސްޕާރކްހަބް ގުޅިގެން، ލީން ސްޓާރޓްއަޕް މޯލްޑިވްސް 2023 ބާއްވަނީ!

ދިރާގާއި ސްޕާރކްހަބް ގުޅިގެން، ލީން ސްޓާރޓްއަޕް މޯލްޑިވްސް 2023 ބާއްވަނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގާއި ސްޕާރކްހަބް ގުޅިގެން ބާއްވާ ލީން ސްޓާރޓްއަޕް މޯލްޑިވްސް 2023 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ވަރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ން 16 ޖުލައި 2023ގެ ނިޔަލަށެވެ.

ލީން ސްޓާރޓްއަޕް މޯލްޑިވްސް އަކީ އުއްމީދީ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންނަށް ސްޓާރޓްއަޕްތައް ބިނާކުރުމަށް ނުވަތަ އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޢިލްމާއި ވަސީލަތްތަކާއި ވިސްނުމަށް އަހުލުވެރިކުރުމަށް ފަރުމާކޮށްފައިވާ އިންޓެންސިވް ސްޓާރޓްއަޕް ބޫޓްކޭމްޕެކެވެ. މި ވަރކްޝޮޕަކީ ލީން ސްޓާރޓްއަޕް ނަމަކަށް ކިޔާ މެތަޑޯލޮޖީގެ މައްޗަށް ބިނާކޮށް ފަރުމާކުރެވިފައިވާ ވަރކްޝޮޕެކެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބޫޓްކޭމްޕްގެ ތެރޭގައި ލީން ސްޓާރޓްއަޕް ކެންވަސް ބޭނުންކޮށްގެން ވިޔަފާރީގެ ޚިޔާލުތައް ތަރައްޤީކޮށް އިތުރަށް ފުރިހަމަ ކުރުމަށް އަމަލީ ހަރަކާތްތަކާއި ގްރޫޕް ހަރަކާތްތަކާއި ތަޖުރިބާކާރުންގެ ސެޝަންތައް ބައިވެރިންނަށް ކިޔައިދެވިގެންދާނެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށްޓަކައި އިނގެން ޖެހޭ އަސާސީ ކަންތައްތަކާއި ކަސްޓަމަރުން ދެނެގަނެ ހޯދުމުގެ މަރުހަލާއާއި ބެހޭ އެކި ވަސީލަތްތަކާއި އުކުޅުތައްވެސް ބައިވެރިންނަށް މި ވަރކްޝޮޕްއިން އިނގިގެންދާނެއެވެ.

ލީން ސްޓާރޓްއަޕް މޯލްޑިވްސް 2023ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ: https://bit.ly/LSMV2023

ދިރާގާއި ސްޕާކްހަބް ގުޅިގެން ލޯކަލް ސްޓާޓްއަޕް ސަގާފަތަށް އެހީތެރިކަން ފޯރުކޮށްދީ، ސްޓާޓްއަޕް އިކޯސިސްޓަމް ރާއްޖޭގައި ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: