ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ ފަސް އަހަރު ކޯލިޝަން ސަރުކާރުން ކުރި އެންމެ މުހިންމު މަސައްކަތަކީ ގާނޫނީ ހަމަތަކުގެ ތެރެއަަށް ރުޖޫއަވުން: ރައީސް ސާލިހު

ރައީސް ސާލިހު ރިޔާސީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ފަސް އަހަރު ދުވަހު އެމަނިކުފާނުގެ ކޯލިޝަން ސަރުކާރަށް ކުރެވިފައިވާ އެންމެ މުހިންމު ކަމަކީ ގާނޫނީ ހަމަތަކަށް ރުޖޫއަވުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ށ ނޫމަރާގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހުވަނީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންއަށް އެ ރަށަށް ވަޑައިނުގެންނެވޭކަމަށް ފާހަގަކުރައްވާފައެވެ. އަދި އެ ސަބަބާއި ގުޅިގެން މި ފަހަރުގެ ރިޔާސީ ކެމްޕެއިންގައި ޒިޔާރަތްކުރައްވާ އެންމެ ފުރަތަމަ ރަށްތަކުގެ ތެރޭގައި ނޫމަރާވެސް ހިމެނުއްވިކަމަށް ފާހަގަކުރެއްވިއެވެ.

ނޫމަރާއަކީ ރާއްޖޭގެ އުތުރުގައި އެންމެ އެކަހެރިކޮށް ބާކީކޮށްލެވިފައިވާ އެއް ރަށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެ ރަށަކީ ފެށުނީއްސުރެ އަރާ ފޭބުމުގެ އަދި ލަފާފުރުމުގެ ދަތިކަން ހުރި ރަށެއްކަމަށެވެ. އަދި އެކަމަށް އެންމެ ފުރަތަމަވެސް ލުޔެއް ގެނެސްދިނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައިކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އަދިވެސް ބޮޑެތި ބަދަލުތައް ގެންނަންޖެހިފައިވާކަމަށެވެ. އަދި 2022 ވަނަ އަހަރުުގެ ތެރޭގައި އެ ރަށު ކައުންސިލުން ރައީސް އާއި ބައްދަލުކުރެއްވިކަމަށާއި ކައުންސިލުގެ އެދުމުގެ މަތިން ބަނދަރުގެ މަސައްކަތްތައް ފައްޓަވަން ކޮންޓްރެކްޓު ހަވާލުކުރެވިފައިވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ އެ ރަށުގެ ރަށްވެހިން އެދޭ ގޮތުގެ މަތިން އަލުން ބަނދަރު ބިނާކުރެވިގެންދާނެކަމަށެވެ. އަދި ލަފާފުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އިޝާރާތްތަކެއްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް ނިންމައިދެއްވާނެކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީގެ “ކޯލިޝަން ސަރުކާރުން” ކުރި އެންމެ މުހިންމު ކަމަކީ ގާނޫނީ ހަމަތަކަށް ރުޖޫއަވުންކަމަށެވެ. ގާނޫނީ އިމުގެ ތެރޭގައި ކަންތަތައް ކުރައްވާ ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާ މިނިވަންކަމާއިއެކު ޝަރީއަތްތައް ކުރިއަށް ގެންދިއުންކަމަށެވެ.

އެމަނިިކުފާނުވަނީ ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ ކަންކަން ކުރެވިފައިވަނީ ސިޔާސީ ހަލަބޮލިކަމާއި އެ ހަރަކާތްތަކާއި ދުރަށްޖެހިވަޑައިގެން ގައުމާއި ރައްޔިތުން އިސްކުރެއްވުމުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން ހުންނެވީ އެ މަސައްކަތްތަކާއިގެން ކުރިއަށް ވަޑައިގަތުމަަށްކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން ތިއްބަވާނީ މަސައްކަތްތަކާއިގެން ކުރިއަށް ދިއުމަށް އެމްޑީޕީއާއި އެކުކަމުގެ ޔަގީންކަން އޮތްކަމަށެވެ. އަދި އެކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެ މަނިކުފާނުގެ ކޯލިޝަންގައި ރައްޔިތުންނަށް ހިދުމަތްކުރާ ހެޔޮ އެދޭ ދެ ޕާޓީއެއް އެބޮތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އަދާލަތާއި އެމްޑީއޭކަމަށެވެ. އަދި އެ ބޭފުޅުންގެ ވިސްނުމަކީ އެމަނިކުފާނާއި އެމްޑީޕީގެވެސް ވިސްނުންކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެ ވިސްނުމަކީ ގައުމު ކުރިއެރުވުންކަމަށެވެ. އެމަނިިކުފާނު ވިދާޅުވީ، ގެންގުޅުއްވަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވުމުގެ ވިސްނުންކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގަންނަވާ ވައުދުތައް އެ ދެ ޕާޓީއާއިއެކު މަސައްކަތްކުރައްވައިގެން ފުއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: