ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު އައުމާއި ހަމައަށް ޖެމްސްގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް: ޝައުނާ

ވަން ގަވް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ޝައުނާ ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ އިދާރާތްތަކުގެ މެދުގައި މުއާމަލާތް ކުރަން ބޭނުން ކުރާ ޖެމްސްގެ ނިޒާމުގެ ހާލު ވަރަށް ގޯސްކަމަށް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހުރިހާ އިދާރާތްތަކުން އާންމުން ހިދުމަތް ހޯދުމަށް ހާއްސަކޮށްފައިވާ “ވަން ގަވް” މިއަދު ވަނީ ލޯންޗުކޮށްފަ އެވެ.

ވަންގަވް އަށް ލޮގިން ކުރެވެނީ “އީފާސް” މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފްތިތާޙްކޮށްފައި ވަނީ 6 އިދާރާއެއްގެ ހިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ހިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެއެވެ.

ވަންގަވްގެ ހިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަނީ ގާއިމުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ސަރުކާރުގެ އެއް އިދާރާއަކުން އަނެއް އިދާރާއަށް ފޮނުވާ ސިޓީތަކާއި ލިޔެކިއުންތައް ޑްރާފްޓުކޮށް ނުފޮނުވި ބައެއް ހާލަތްތަކުގައި ދުވަސްތައް ފާއިތުވެ ދާކަމަށެވެ. އަދި އެކަމުގެ ޝަކުވާތައް އަބަދުވެސް ލިބެމުން ދިޔަކަން ޝައުނާ ފާހަގަކުރެއްވި އެވެ.

2010 ގައި ލޯންޗު ކުރި ޖެމްސްގެ އަސްލު ބޭނުން ހިފިފައި ނެތްކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވުމާއި ހަމައަށް ޖެމްސް އޮތީ އެއްވެސް ދިރުމެއް ނެތި އައިސީޔޫގަ އެވެ. މަގާމާއި ހާވާލުވެ، އިސްކަން ދިން މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުގެ އެއް އިދާރާއިން، އަނެއް އިދާރާއަށް ފޮނުވާ ސިޓީތަކަށް ވީހާވެސް އަވަހަށް ޖަވާބު ދިނުމުގައި ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭކަމަށް ޝައުނާ ވިދާޅުވި އެވެ.

ސަރުކާރުން ޖެމްސްއަށް ގެނައި ބަދަލެއްކަމަށް ޝައުނާ ވިދާޅުވީ، ސިޓީތައް ފަސޭހައިން ފެންނާނެ ގޮތް ހެދުމެވެ. އަދި ހަވާލު ކުރެވިފައިވާ މަސައްކަތްތަކާއި، ޖަވާބުދޭ މިންވަރު ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ ވަންގަވް އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ހިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ރާއްޖެފަދަ ޖަޒީރާވަންތަ ޤައުމަކަށް މުހިންމު ޕްލެޓްފޯމެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަންގަވްގެ ހިދުމަތާއެކު ޒަމާނުއްސުރެ ހިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާންޖެހޭޖެހުމާއި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބޭގޮތް ނުވުމާއި ހިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެއެވެ.

ވަންގަވްގެ ހިދުމަތްތަކަށް ހަފްތާގެ 7 ދުވަހު 24 ގަޑިއިރު އެދެވޭނެ އެވެ.

ސަރުކާރުން ވަނީ ވަންގަވްގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދިއުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިގްތިސާދީގޮތުން ވެސް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: