ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާއަށް އަދީބު މިރޭ ފުރާނެ، ހުއްދަ ދިނީ ދިހަ ދުވަހަށް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަދީފައި ވަނީ 10 ދުވަހަށް ސިންގަޕޫރަށް ދިއުމަށްކަމަށް ހުއްދަދީފައި ވަނީ ރާއްޖެ އަނބުރާ ގެނެވޭނެކަމަށް ކަށަވަރުވާ ގޮތަށްކަމަށް ކަރެކްޝަންސް ސާވިސްއިން ބުނެފި އެވެ.

ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ. ދައުލަތާއި އެކު އެކުލަވާލި އިއުތިރާފުގެ އެއްބަސްވުމާއި އެކު އައި ހުކުމަށް ފަހު، އަދީބު ގޭބަންދުގައި ހުންނަވާއިރު އޭނާ ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ހެކިބަސް ދީފަ އެވެ.

އަދީބު ގޭބަންދުގައި ހުންނަ ސަބަބެއްކަމަށް ދައުލަތުން ބުނެފައި ވަނީ ބަލި ހާލަތުގެ ސަބަބުންނެވެ. އަދި މި ފަހުން އަދީބުގެ ސިއްހީ ހާލު ގޯސްވެ، އައިޖީއެމްއެޗުގައި އެޑްމިޓުކޮށް ފަރުވާދީފައި ވެއެވެ.

ކުއްލި ގޮތަކަށް އަދީބު ފުރުވާލަން އުޅޭކަމަށް އަޑުތައް ފެތުރި، މީޑިއާތަކުން ވެސް އެ ހަބަރު ކަވަރު ކުރުމުން ކަރެކްޝަނުން ބުނީ އަދީބަށް އެ ހުއްދަ ދިނީ ރާއްޖޭން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ. އަދި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާއި އެކު ނިންމި ނިންމުމެއްކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަންސްއިން ބުނީ ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގެ ތެރޭގައި، ފުލުހުންނާއި އެ އިދާރާ ގުޅިގެން ހާލަތު މޮނީޓާރ ކުރަމުން ގެންދާނެކަމަށެވެ.

އެނގިފައިވާ ގޮތުގައި އަދީބަށް ރާއްޖެއިން ބޭރަށް ދިއުމަށް ދީފައި ވަނީ 10 ދުވަހުގެ ހުއްދައެކެވެ. އަދި މިރޭ އަދީބު ފުރާނެކަމަށް މައުލޫމާތު ލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: