ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއާދު ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވީ، މެމްބަރުންގެ އިތުބާރު އޮތުމުން: ހަބީބް

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއިލް ހަބީބު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މެދުގައި، ކޮމިޝަންގެ ރައީސާއި މެދު އިތުބާރު ގެއްލި މައްސަލަތަކެއް އުފެދިފައި ނުވާކަމަށާއި އުފެދުނު ހިޔާލުތަފާތުވުންތައް މިހާރު ނެތްކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

ކޮމިޝަންގެ އެތެރޭގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއަކަށް ހުއްދަ ދިނުމާއި ބެހޭ ބައްދަލުވުމެއްގެ ތެރެއިން މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިގެން ދިޔަ ކަމަށެވެ. އެ މެމްބަރެއްގެ ވިސްނުމާއި ހިޔާލު ހުރި ގޮތް ކޮމިޝަންގެ ބައްދަލުވުމަކަށް ހުށަހެޅުމަކީ އޮންނާނެ ހައްގެއްކަމަށް ފާހަގަކޮށް ހަބީބް ވިދާޅުވީ ފުށުއެރުންތަކެއް އައީ ރިޔާސަތުން ވެސް ހުށަހެޅުންތަކެއް އައި ހިސާބުން ކަމަށެވެ.

ހަބީބް ވިދާޅުވީ އާއްމުގޮތެއްގައި ކޮމިޝަނުގެ ބައްދަލުވުމެއްގައި ދެކެވޭ ވާހަކަތައް ބޭރު ނުވާކަމަށެވެ. އެކަމަކު އެ މައުލޫމާތު ކޮންމެވެސް ވަރަކަށް މީޑިއާތަކުގައި އާންމުވެ، ފުއާދާއި އެހެން މެމްބަރުންގެ ވާހަކަތައް ދެކެވުނީކަމަށް ހަބީބް ވިދާޅުވި އެވެ

ދެ މެމްބަރަކު، ފުއާދާއި އެކު މަސައްކަތް ކުރުމަށް ދެކޮޅުކަމާއި، ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުން އެކަމުގައި އޮތްއިރު ފުއާދުގެ އިތުބާރު ކޮމިޝަނުގެ ރައީސަށް އެބައޮތް ތޯ ސުވާލު ކުރުމުން ހަބީބް ވިދާޅުވީ އީސީގެ ރައީސްގެ މަގާމުގައި ފުއާދު ހުންނެވީ ވެސް އެބޭފުޅުންގެ ވޯޓާއި އެކުކަމަށެވެ. އެހެންކަމުން މަގާމުގައި ދެމި ހުންނަވާނީ، އެ އިތުބާރު އޮތީމަ ނޫންތޯ ސުވާލު ކުރެއްވި އެވެ.

މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި ފުއާދާއި ހިޔާލުތަފާތު ދެ މެމްބަރުން ނެތީ ކީއްވެގެން ތޯ ސުވާލު ކުރުމުން ހަބީބް ވިދާޅުވީ ކޮމިޝަނުގެ ބައްދަލުވުންތައް ވެސް ބަރާބަރަށް ކުރިޔަށްދާ ކަމަށެވެ. އަދި މީގެ އެއް ދުވަސް ކުރިން ވެސް ބައްދަލުވުމެއް ބޭއްވިކަން ފާހަގަކުރި އެވެ. އަދި ދެ މެމްބަރުންނަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވުނީ ހަބީބް ވިދާޅުވި ގޮތުގައި ކޮމިޝަނުގެ ބައެއް މަސައްކަތްތަކުގައި އުޅުއްވާތީ އެވެ.

މެމްބަރުންގެ މަސްއޫލިއްޔަތުން ދެން އެބަ އަދާކުރައްވާ.. ކޮމިޝަނުގެ މަސައްކަތްތައް އެބަދޭ ކުރިޔަށް.. ކޮމިޝަނުން ކުރަންޖެހޭ ކަންކަން ދަނީ ކުރިޔަށް..

އެތެރޭގެ މައްސަލަތަކާއި ގުޅޭ ސުވާލުތަކަށް ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކީ އެ ވާހަކަތައް އިތުރަށް ނުދެއްކުންކަމަށެވެ. އެއީ އެ މައްސަލަތައް މިހާރު ނެތުމުންކަމަށް ހަބީބް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: