ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ‎ޔާމީން މައްސަލައިގަައި ހިމެނޭ ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންނަން ޕީޖީން ނިންމައިފި

އަހުމަދު ކްރިކް ރިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ރ. ފުއްގިރި މައްސަލައިގައި ކުރިޔަށް ގެންދާ ޝަރީއަތުގައި އެމަނިކުފާނާއި އެކު ދައުވާ ކުރާ ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ކްރިކް ރިޒާގެ ބަލި ހާލަތުގެ ސަބަބުން ދަށު ކޯޓުގައި ކުރިޔަށް ދާ ޝަރީއަތަށް އެންމެ ފަހުން ތާވަލު ކުރި ފަސް އަޑުއެހުން ވެސް ވަނީ ކެންސަލްވެފަ އެވެ.

ކްރިކް ރިޒާގެ ދައުވާތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މީޑިއާތަކަށް ބުނީ ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކާއި ގުޅިގެން އެ މައްސަލަ ކޯޓުތަކުގެ ތާވަލާއި އެއްގޮތަސް ކުރިޔަށް ގެންދެވިފައި ނުވާކަމަށެވެ. އަދި އޭނާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކާއި، ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާއި އެއްގޮތަށް ކުރިޔަށް ގެންދެވިފައި ނުވާކަމަށް ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، ކްރިކްގެ ބައިގައި ދިމާވި މި ހާލަތާއި ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިޔަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން ބަންދުވެފައިވާކަމަށެވެ.

މި މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި މިފަދަ މައްސަލައެއްގައި ދައުވާ ލިބޭ އެކެއްގައި ބައިގައި ދިމާވި ހާލަތަކާއި ކޯޓުގެ ތާވަލާއި އެއްގޮތަށް މައްސަލަ ކުރިޔަށް ނުގެންދެވިވުމަކީ އާންމު މަސްލަހަތު އޮތްގޮތްކަމަށް ނުފެންނަ ކަމަށެވެ. އަދި ކްރިކްގެ ހުށަހެޅުންތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ކްރިކްގެ މައްޗަށް ކުރި ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް އަނބުރާ ފޮނުވައިދޭން ޕީޖީން ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: