ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން އުވާލި މައްސަލަ ސިވިލް ކޯޓުން ނާކާމިޔާބުވުމުން، ހައިކޯޓަށް!

އެމްޑީއެންއިން، ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓު އާއްމު ކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރިޕޯޓެއް އާންމު ކުރުމުން ޖަމިއްޔާ އުވާލި މައްސަލައިގައިއެ ޖަމިއްޔާގެ މުއައްސިސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނާކާމިޔާބުވުމުން މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް އާއްމު ކުރި އެމްޑީއެން އުވާލި މައްސަލައިގައި ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާއި ދެކޮޅަށް ނިމުނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސްގެ ނަމުގައި އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި އެ ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޔޫތް މިނިސްޓްރީއާއި ދެކޮޅަށް ޝަހިދާ ހައިކޯޓަށް މައްސަލަ ހުށަހެޅީ 2020، ސެޕްޓެމްބަރ 16 ގަ އެވެ. އަދި އެ މައްސަލައިގައި ކޯޓުން ނިންމީ އެމްޑީއެން އުވާލުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާއި ހިލާފު، ބާތިލު ނިންމުމެއްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށެވެ.

އެހެންވެ އެ ނިންމުމާއި މެދު ހިތްހަމަނުޖެހި، މައްސަލަ ޝަހިންދާގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ އެވެ.

ހައިކޯޓުގެ ރެޖިސްޓްރީގައި ފެންނަ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 03 ވަނަ ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާއި މެދު އަދި ކޯޓުން ގޮތެއް ނިންމާފައި ނުވެ އެވެ.

އެމްޑީއެންއަކީ އުވާލާފައިވާ ޖަމިއްޔާއެއް ނަމަވެސް، އެ ޖަމިއްޔާ ދަނީ އެކި ގޮތްގޮތުން ހަރަކާތެރި ވަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ ބައެއް ގައުމުތަކުގައި ދީނީ މިނިވަންކަމަށް ގޮވާލައި ބާއްވާ އެކި ފޯރަމްތަކުގައި ބައިވެރިވުން ހިމެނެ އެވެ.

ރިޕޯޓުގެ މައްސަލައިގައި އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ޖަމިއްޔާގެ ފައުންޑާރ ޝަހިންދާ އަށެވެ. އަދި އެ ޖަމިއްޔާގައި އެކި ގޮތްގޮތުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް އާއި މިހާރުގެ ޕޮލިސް ކޮމިޝަނަރު ބައިވެރިވިކަމަސް މީގެ ކުރިން ވެސް ވާހަކަ ދެކެވުނެވެ. އަދި ދާދިފަހުން ސޯޝަލް މީޑިއާގައި ދިޔަ ބަހުސްއެއްގެ ތެރެއިން ޝަހިންދާ ވަނީ ރިޕޯޓު ނެރުނުއިރު ޖަމިއްޔާގެ ރައީސްއަކީ، ޝަމީމްކަމަށް ބުނެފައެވެ. އެކަމަކު، ޝަމީމް އެކަން ދޮގު ކުރެ އެވެ. އޭގެ އިތުރުން ދައުލަތުގެ ބައެއް މަގާމުތަކުގައި، އެމްޑީއެންގައި އިސްކޮށް އުޅުނު މީހުން ތިބުމުގެ ސަބަބުން ސަރުކާރަށް ފާޑުކިއުންތައް އަމާޒުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: