ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަވާބެއް ބަދަލެއް ނުވާނެ، ކެނޑިޑޭޓަކީ ރައީސް ޔާމީން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ، ޕީޕީއެމްގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެނޑިޑޭޓަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށާއި، ކިތައްމެ ވަރަކަށް ސުވާލުކުރި ނަމަވެސް، އެ ޖަވާބު ބަދަލުނުވާނެކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ، އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަނީ އިދިކޮޅުގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށެވެ. އަދި ރައީސް ޔާމީން އާއިއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ވަޑައިގެންފައެވެ. މިއަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އަބްދުލްރަހީމް ވަނީ ޖޭއެސްސީ އަދި ޕީޖީގެވެސް އިސްވެރިންނާއި ބައްދަލުނުވިކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އަޅުގަނޑުމެން ލައްވައި ކިތަންމެ ވަރަކަށް ތި ބޭފުޅުން އިތުރު އެއްޗެއް އަޅުގަނޑުމެން އަނގައިން ނެރެން އުޅުނަސް ތި ކަމެއް ނުވާނެ.

އަބްދުލްރަހީމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައިވެސް ނޫސްވެރިން ވަނީ އިންތިހާބާއި ހިސާބަށްދާއިރު، ރައީސް ޔާމީން މިނިވަން ނުވެއްޖެ ހިނދެއްގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި އަބްދުލްރަހީމް ވިދާޅުވީ ހައި ކޯޓުގައި އޮތް މައްސަލައިގައި ރައީސް ޔާމީންއަށް ކާމިޔާބީ ލިބޭނެކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އަބްދުލްރަހީމް ވަނީ އިދިކޮޅުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާނެކަމަށް ދެކޭ ފަރާތްތަކުން ދެކެމުންދަނީ ހުވަފެނެއްކަމަށް ވިދާޅުވެފައެވެ. އަދި އެ ހުވަފެން ބެލުން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ. އަބްދުލްރަހީމް ވިދާޅުވީ، ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމުން، ޕީޕީއެމްއިން އެހެން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: