ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީ އާއި އެމްއެންޕީ ދެމެދު މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް އާއި އެ ޕާޓީގެ ލީޑަރުން- ފޮޓޯ: ޓުވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމަށް ނާޒިމް މާމިގިލި އެއަޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ގާސިމެވެ. މި ބައްދަލު ކުރެއްވުމުގައި އެމްއެންޕީގެ ލީޑަޝިޕްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދެ ޕާޓީގެ ފަރާތުން ވެސް މި ބައްދަލުވުމުގެ މައުލޫމާތު ދެމުން ބުނީ މިއީ ސިޔާސީ މަސައްކަތްތަކާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މަޖިލީހުގެ ތެރެއިން މަސަކަތް ކުރުމުގައި ދެ ޕާޓީ ގުޅިގެން ކުރިއަށް ދާނެ ގޮތްތަކާއި މެދު ކުރިޔަށް ގެންދިޔަ މަޝްވަރާއެއް ކަމަށެވެ. އަދި މިފަދަ ސިލްސިލާ އިތުރު ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަމަށް ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޖުމްހޫރީ ޕާޓީ އަދި، އެމްއެންޕީ ވެސް ދަނީ ކެމްޕެއިންގެ ގިނަ ހަރަކާތްތައް ހިންގަމުންނެވެ. ދެ ޕާޓީ މަޝްވަރާތައް ކުރިޔަށް ގެންދިޔަ އިރު މީގެ ކުރިން ވެސް މަޖިލީހުގެ ބައެއް މަސައްކަތްތަކުގައި އާއި، ސިޔާސީ މަސްރަހާއި ގުޅުން ހުރި ބައެއް އެހެނިހެން ކަންކަމުގައި އެކުގައި މަސައްކަތްކޮށްފައި ވެއެވެ.

ރިޔާސީ އިންތިހާބަށް ދެ މަސް ދުވަހަށް ވުރެ ކުޑަވެފައިވާއިރު، އަންނަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގައި ވާދަ ކުރުމަށް ފޯމުތައް ހުށަހެޅުމަށް ހުޅުވާލާނެ އެވެ. [

މި އަހަރުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 09 ގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: