ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާ ކުރުވަން އެމްޓީސީސީން ހައިކޯޓަށް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ޑީއާރުޕީން ދައްކަން ޖެހޭ ފައިސާއަށް އެ ޕާޓީގެ ކުރީގެ ލީޑަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނުކުރެވޭނެކަމަށް ދަށު ކޯޓުން ނިންމުމުން، އެ ކުންފުނިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ޑީއާރުޕީ ބައިބައިވެގެން ދިޔައީ 2008 ގެ ރިޔާސީ އިންތިހާބަށް ފަހު އެވެ. ޕާޓީގެ އެތެރޭގައި ދިމާވި އެކި މައްސަލަތަކާއި އެކު، ރައީސް މައުމޫނާއި އެމަނިކުފާނާއި އަރިސް މެމްބަރުން ޕާޓީ ދޫކުރި އިރު އޮތީ ބޮޑު ދަރަންޏެއްގެ ތެރޭގަ އެވެ.

އެގޮތުން ޕާޓީން ހޯދި އެކި ހިދުމަތްތަކަށް އެމްޓީސީސީއަށް އެކަނި ދައްކަން ޖެހޭ ފައިސާގެ އަދަދު މިލިއަނަކަށް ވުރެ މައްޗަށް އަރަ އެވެ. އެހެންވެ ކުންފުންޏަށް 1.1 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމް ކުރުމުން ވެސް އެ ފައިސާ އެގޮތަށް ދައްކާފައި ނުވެ އެވެ. އެ މައްސަލައިގައި އެމްޓީސީސީން ސިވިލް ކޯޓުގައި އެދުނީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ ދަށުން އެ ދަރަނި ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށްދޭންށެވެ.

އެއީ އެ ދަރަނި އުދެއްދުނު އިރު، ޕާޓީ ހިންގެވުމާއި ހަވާލުވެ އިސް މަގާމުގައި ހުންނެވީ ރައީސް މައުމޫންކަމަށްވުމާއި އެކު އެވެ.

ނަމަވެސް ސިވިލް ކޯޓުން މި މައްސަލައިގައި ނިންމި ނިންމުމުގައި ވަނީ، އެ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ. އަދި އެ ނިންމުން އިސްތިއުނާފު ކުރުމަށް އެމްޓީސީސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ، މިދިޔަ ހަފްތާގަ އެވެ.

މައްސަލަ ބަލައިގަތުމާއި އެކު މެދު ކޯޓުން މިހާތަނަށް ގޮތެއް ނިންމާފައި ނުވާއިރު، ޑީއާރުޕީން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ގިނަ ދަރަނިތަކާއި ޖުރިމަނާތައް ހުރީ ޒިންމާވާނެ މީހެއް ނެތި އެވެ.

ރައީސް މައުމޫނަށް ފަހު ޑީއާރުޕީ ހިންގެވީ ކުރީގެ ހޯމް މިނިސްޓަރު ތަސްމީން އަލީ އެވެ. އަދި އޭގެ ފަހުން ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އެ ޕާޓީ ހިންގެވި އެވެ. އޭގެ ފަހުން ޕާޓީ ހިންގެވީ ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ތިބެން ޖެހޭ އަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން، ޑީއާރުޕީ މިހާރު ވަނީ އުވާލާފަ އެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 80%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: