ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން މަމްސް އެއިޑްގެ ”ބެކް ޓު ސްކޫލް 2023“ ޕްރޮގުރާމްއަށް އެހީތެރިކަން ފޯރުކޮށްދެނީ!

ދިރާގުން މަމްސް އެއިޑްގެ ”ބެކް ޓު ސްކޫލް 2023“ ޕްރޮގުރާމްއަށް އެހީތެރިކަން ފޯރުކޮށްދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމަޢުގައި އެހީއަށް ބޭނުންވެފައިތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިރާގުން މަމްސް އެއިޑްގެ ”ބެކް ޓު ސްކޫލް 2023“ ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ.

”ބެކް ޓު ސްކޫލް 2023“ ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމަޢުގައި އެހީއަށް ބޭނުންވަފައިތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނެ އެވެ.

މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާރ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް  ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެއެވެ. އެގޮތުން ދިރާގުގެ އެހީތެރިކަމާއެކު، ”ބެކް ޓު ސްކޫލް 2023“ ޕްރޮގްރާމުގައި މަމްސް އެއިޑް ކެއަރ ލިސްޓުގައި ހިމަނޭ ކީ ސްޓޭޖު 3 އަދި 4 ގެ ދަރިވަރުންނަށް މިތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމަޢުގައި އެހީތެރިކަން ބެނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނަޝިޕް މަގްސަދަކީ، އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެއްބާރުލުން ދިނުމާއި  ޚާއްޞަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: