ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ޝައުގު ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ނެތް!

ޑިމޮކްރެޓްސް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، ދަ ޑިމޮކްރެޓްސްގެ ޕްރައިމެރީގައި ވާދަ ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ޖެހުނު މައްސަލަތަކާއި އެކު އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އުފެއްދެވި ރައީސް ނަޝީދުގެ އެންމެ ބޮޑު އަމާޒަކީ ރިޔާސީ އިންތިހާބުން ސަރުކާރު ބަލި ކުރުމެވެ. އެއީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ނުދެވޭކަމަށާއި، އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި އެމަނިކުފާނު ހިލާފުވެފައިވާކަމަށް ބުނެ އެވެ.

އަންނަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ފޯމުތައް ހުށަހެޅުމަށް ހުޅުވާލާއިރު، މިހާތަނަށް ކެނޑިޑެސީ ކަށަވަރު ވަނީ އަނެއްކާވެސް ރައީސް ސޯލިހުގެ އެކަންޏެވެ. އެއީ އިންތިހާބާއި ދިމާކޮށް ޕާޓީތަކުގެ އިތުރު މަޝްވަރާތައް ފަށައި، އެއް ކެނޑިޑޭޓެއްގެ ވާހަކަ ދެކެވެމުންދާތީ އެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހުންނަ ކުނޫޒުގައި، ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާނުކޮށް ކެމްޕެއިނުގެ ގިނަ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް މުހައްމަދު ނަޒިމާއި، ރައީސް ނަޝީދުގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް ވަނީ މިއަދު ބައްދަލުކޮށްފަ އެވެ. މަޝްވަރާއަށް ފަހު ނޫސްވެރިންނަށް ވަރަށް ކުރުކޮށް ދިން ޕްރެސް ސްޓޭޓްމަންޓުގައި އެބޭފުޅުން ވިދާޅުވީ އިދިކޮޅު ޕީޕީއެމް، އަދި އެމްއާރުއެމް އެކު މަޝްވަރާކޮށް އެ ދެ ޕާޓީ އެއްބަސްވާނަމަ އެއް ކެނޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮންބޭފުޅެއްކަން އަދި ނުނިންމަ އެވެ.

އެ ނިންމުމާއި ގުޅޭގޮތުން ނޫސްވެރިން ވަނީ، ޑިމޮކްރެޓްސްގެ ޕްރައިމެރީ އެބައޮތްކަމާއި ރައީސް ނަޝީދުގެ ޝައުގުވެރިކަން އެކަމަށް އެބައޮތް ތޯ އަދި އެއް ކެނޑިޑޭޓަކު ނެރޭނަމަ އެއީ އެމަނިކުފާނަށް ވުމަށް ބޭނުންފުޅުވޭތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެފަދަ ވިސްނުމެއް ނެތްކަމަށެވެ.

ނޫސްވެރިޔާ: ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ޝައުގުވެރިކަން އެބަހުރިތޯ
ރައީސް ނަޝީދު: ނޫން، ނެތް

މީގެއިތުރުން ނޫސްވެރިން ވަނީ، ގާސިމް ވެސް އިންތިހާބަށް މަސައްކަތް ކުރަމުންދާކަމާއި އެހެންކަމުން އެއް ކެނޑިޑޭޓަކީ ގާސިމް ނޫން ހާލަތެއްގައި ފަހަތަށް ޖެހެން ތައްޔާރުތޯ ސުވާލުކޮށްފަ އެވެ. ގާސިމް ވެސް ވިދާޅުވީ އެކަމަށް މައްސަލައެއް ނެތްކަމަށާއި، އެއްބަސްވީ ގުޅިފައިވާ އެއް ކެނޑިޑޭޓެއް ނެރުމަށް ކަމަށެވެ. އިތުރު ތަފްސީލެއް ގާސިމް ނުދެއްވަ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، އެމަނިކުފާނު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކޮށް ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހައްދަވާފަ އެވެ. ޕާޓީގެ އެތެރޭގެ މައްސަލަތައް ފަހުން އެންމެ ބޮޑުވި އެއް ސަބަބަކީ އެއީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: