ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލުތައް ބެހެއްޓި މައްސަލަ ބަލަނީ

އިދިކޮޅު ލީޑާޝިޕްގެ އިހުތިޖާޖު ކަވަރު ކުރަމުން ދިޔަ ދެ ނޫސްވެރިން/ ފޮޓޯ: ޝާބިން - އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނަށް އެއްވެ ކުރިޔަށް ގެންދިޔަ އިހުތިޖާޖު ކަވަރު ކުރަމުން ދިޔަ މީޑިއާތަކަށް ހުރަސްއަޅައި ބައެއް ނޫސްވެރިންނަށް އަނިޔާ ވި މައްސަލަ ބަލަން ފަށައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމުތައް ހުށަހެޅުމަށް މި ފެށޭ ހަފްތާގެ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާއިރު، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތަކަށް މަޑުޖެހުމެއް އައިސް ކެނޑިޑެސީ އާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ. މިއީ ސަރުކާރުން ގަސްތުގައި ރާވައިގެން ހިންގާ އަމަލުތަކެއްކަމަށާއި، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ލިބެން ޖެހޭކަމަށް ބުނެ އިދިކޮޅުން ވަނީ ތަކުރާރުކޮށް ހައިކޯޓުގެ ރެޖިސްޓްރާއާއި ބައްދަލުކޮށް އެމަނިކުފާނުގެ އިސްތިއުނާފު އަޑުއެހުންތައް ތާވަލު ނުކުރާތީ އެކަމުގެ ޝަކުވާ ހުށަހަޅަން މަސައްކަތްކޮށްފަ އެވެ. އަދި އެކަން ނާކާމިޔާބުވުމުން މިއަދު ޕާޓީގެ ލީޑާޝިޕް ވަނީ ޖުމްހޫރީ މައިދާނަށް އެއްވެ އިހުތިޖާޖުކޮށްފަ އެވެ.

އާންމު މެމްބަރުންނެއް ވެސް ނެތި، ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން އެކަނި ތިއްބަވައި މީޑިއާތަކާއި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ފުލުހުން ވަނީ ނޫސްވެރިން އެ ސަރަހައްދުން ދުރު ކުރަން މަސައްކަތްކޮށްފަ އެވެ. ތަނުގެ މީޑިއާ ފާހާއި އެކު، ބްރޯޑްކާސްޓް ކޮމިޝަނުން ނޫސްވެރިއަކަށް ވަކިން ދޫކުރާ އެކްރެޑިޓް ފާސްތަކާއި އެކު ނޫސްވެރިން ތިއްބައި ފުލުހުން ވަނީ އެ ސަރަހައްދުގެ މަންޒަރުތައް ވީޑިއޯ ކުރުމަށް ވެސް ހުރަސްއަޅާފަ އެވެ.

ނޫސްވެރިންނަށް ތަކުރާރުކޮށް ހުރަސް އެޅުމަށް ފަހު، ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލު ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން ބުނީ މި މައްސަލަ ބަލަމުންދާ ކަމަށެވެ.

މި މައްސަލައިގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލު ކުރި މައްސަލަ ބެލުމަށް އެސްއޯ ފުލުހުންގެ ޑިޕާޓްމަންޓަށް އަންގާފައިވާ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ފުލުސް މީހާ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް އަންގާފައިވާކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އިދިކޮޅުގެ އެކި މުޒާހަރާތައް ކަވަރު ކުރުމުގެ ތެރޭގައި ނޫސްވެރިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: