ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދެނީ އިދިކޮޅުން އެއް ކެނޑިޑޭޓަކު ނެރެން، ގާސިމްގެ މަޝްވަރާ ކާމިޔާބު ވާނެ: އަމީން

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބޭނުން ވަނީ އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެނޑިޑޭޓަކު ނެރެ ސަރުކާރު ބަދަލު ކުރުމަށްކަމަށް ވާތީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިސް ނެންގެވުމަށް ސިޔާސީ ޕާޓީތަކާއި އެކު ކުރާ މަޝްވަރާ ކާމިޔާބުވާނެކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ވަނީ “ކިންގް މޭކާ، ކިންގްއަށް” އަށް ހެދުމުގެ އަޒުމުގައި ހާއްސަ ހަރަކާތެއް ފަށާފަ އެވެ. ޕާޓީގެ ޑޯޓު ޑޯ ހަރަކާތްތައް ފެށުމުގެ ކުރިން މީޑިއާތަކަށް ބޭއްވި ބައްދަލުވުމުގައި ގާސިމްގެ އެޑްވައިޒަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ހަރަކާތުގައި 50 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ގާސިމްގެ ތަރުޖަމާނު އަމީން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރިޔާސީ ކެނޑިޑޭޓު ކަނޑައަޅައި އެކަމަށް މަސައްކަތް ކުރާތާ ގިނަ ދުވަސްތައް ވެފައިވާކަމަށެވެ. ޕާޓިއަކީ ރައްޔިތުންނާއި ވަރަށް ގާތުން މިދިޔަ އެކި އިންތިހާބުތަކުގައި މަސައްކަތް ކުރި ޕާޓީއެއްކަން ފާހަގަކޮށް އަމީން ވިދާޅުވީ މީގެ ކުރީގައި ޖޭޕީ އޮތީ އެހެން ބޭފުޅުން ވެރިކަމަށް އައުމަށް އޮތް ފޯމިއުލާގެ ގޮތުގައި ކަމަށެވެ. އެކަމަކު މިއަދުގެ އިންތިހާބަށް އަމާޒަކީ ޕާޓީ ނިކުމެ އިންތިހާބު ކާމިޔާބު ކުރުން ނަމަވެސް އެކަކު ނިކުމެ ރިޔާސީ ރޭސް ކާމިޔާބު ކުރުން ފަސޭހަ ނުވާނެކަމަށް އަމީން ވިދާޅުވި އެވެ. އެހެންވެ ދުރާލައި އެކަމުގެ މަސައްކަތް ފެށިކަމަށާއި، ގާސިމްގެ އިސް ނެންގެވުމުގެ ދަށުން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާތައް ކުރިޔަށް ގެންދާއިރު އުންމީދަކީ އެއަށް ކާމިޔާބު ލިބިގެން ދިއުންކަމަށް އަމީން ވިދާޅުވި އެވެ. އެ ވިސްނުން ގެންގުޅެން ޖެހޭ ސަބަބެއްކަމަށް އަމީން ވިދާޅުވީ، ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި ވެސް އެންމެ ބޮޑު އެއް ހުށަހެޅުމަކީ އިދިކޮޅު ޕާޓީތައް އެކުގައި ގުޅިގެން މަސައްކަތް ކުރުމެވެ.

އަމީން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ޒިންމާ ނަންގަވައިގެން ތިބި، ކޮންމެ ސިޔާސީ ޕާޓީއަކުން އެކަމަށް ރިއާޔަތް ކުރުން މުހިންމުކަމަށް ދެކޭ ކަމަށެވެ.

އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ގޭގެއަށް ވަންނައިރު ވެސް ފާހަގަކުރެވޭ ކަންކަން އެބަހުރި.. މިހާރު އަޅުގަނޑުމެން ގޭގެއަށް ދިއުމުން އިވޭ އެންމެ ބޮޑު އަޑަކީ އިދިކޮޅުގެ ހުރިހާ ފަރާތްތައް ގުޅިގެން އެއް ކެނޑިޑޭޓަކު ނެރޭށޭ.. ރައްޔިތުންގެ އެދުމަކީ އެއީ، އެހެންވެ އަޅުގަނޑުމެންގެ ކެނޑިޑޭޓު ގާސިމް އިސް ނަންގަވައިގެން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރައްވައި އެ މަގަކަށް ކަންކަން ތަރުތީބު ކުރުމަށް މަސައްކަތް މި ކުރައްވަނީ…

އަމީން ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރު ވެގެންދާނީ، އެއްވެސް ހާސްކަމެއް ނެތި ރައްޔިތުން ދިރިއުޅުން އާރާސްތު ކުރާނެ ދުވަސްތަކަކަށް ކަމަށެވެ.

މީގެއިތުރުން މިއަދުގެ ބައްދަލުވުމުގައި ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ ޖޭޕީއަކީ ރާއްޖޭގައި އޮތް ބޮޑު ސިޔާސީ ޕާޓީއެއްކަމަށާއި އެކަން 2008، 2013 ގެ ރިޔާސީ އިންތިހާބު ހެކި ދޭކަމަށެވެ. އިންތިހާބުތައް ކާމިޔާބު ކުރުމުގައި އެހެން ޕާޓީތަކުން ޖޭޕީގެ އެހީ ބޭނުންވާކަމަށާއި، އެންމެ ފަހު ގޮތް ނިންމާ ޕާޓީއަކީ އަބަދުވެސް ޖޭޕީކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާރު އެ ހުރިހާކަމެއް ބަދަލުވެ، ޖޭޕީ ބޭނުން ވަނީ ޕާޓީން ވެރިކަމަށް އައިސް ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ކެމްޕެއިންތައް ޖޭޕީން ފަށާފައިވާއިރު، ޕާޓީގެ ލީޑަރު ވަނީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ސަރުކާރުތަކުން ދޫކޮށްފައިވާ ފްލެޓުތަކަށް ރައް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: