ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކޯލިޝަނުން ރައީސް ސާލިޙަށް ގިނަ ތުހުމަތުތަކެއް ކޮށް މައްސަލަތައް މުއައްސަސާތަކަށް ހުށަހަލައިފި

ރައީސް ސާލިހު، މިނިިސްޓަރު ފައްޔާޒު، މިނިސްޓަރު ޝާހިދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް 32 މައްސަލައެއްގައި ތުހުމަތުކުރެވި ކަމާއި ބެހޭ މުއައްސަސާތަކަށް ހުށައެޅިފައިވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މީޑިއާތަކާއި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަކުން ދައްކާގޮތުން، 2018 ވަނަ އަހަރުން ފެށިގެން 2023ގެ ނިޔަލަށް ޖުމުލަކޮށް ހުށައެޅިފައިވަނީ 34 މައްސަލައެކެވެ. އެގޮތުން، 2018 ގައި އެއް މައްސަަލަ ހުށައެޅިފައިވާކަމަށާއި 2019ގައި 6 މައްސަލައެއް އަދި 2020 ވަނަ އަހަރު އެއް މައްސަލަ ހުށައެޅިފައިވާއިރު، 2021 ވަނަ އަހަރުގެ ތެރޭގައި 4 މައްސަލަ އަދި 2022ގައި 14 މައްސަލައެއްގެ އިތުރުން މި އަހަރުގެ ތެރޭގައި 8 މައްސަލައެއް ހުށައެޅިފައިވެއެވެ. ޖުމަލަ މައްސަލަތަކުގެ ތެރެއިން 33 މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތައް ކަމަށް އެ ޕާޓީއިން ހިއްސާކޮށްފައިވާއިރު، އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށްވެސް މައްސަލައެއް ހުށައެޅިފައިވެއެވެ.

ޕީޕީއެމްއިންވަނީ ހުށައެޅިފައިވާ މައްސަލަތަކުގެ އަދަދުގެ އިތުރުން ވަކި ވަކި ފަރާތްތަކާއި މުއައްސަސާތަކުގެ މައްޗަށް އެކި މައްސަލަތަކުގައި ކުރެވިފައިވާ ޖުމުލަ ތުހުމަތުތަކުގެ އަދަދުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން ރައީސް ސާލިހުގެ މައްޗަށް 32 ތުހުމަތެއް ހުށައެޅިފައިވާއިރު، ފިނޭންސް މިނިސްޓްރީގެ މައްޗަށް 10 ތުހުމަތެއް އެމްޑީޕީގެ މައްޗަށް 6 ތުހުމަތެއް އަދި ހެލްތު މިނިސްޓްރީގެ މައްޗަށް 4 ތުހުމަތާއި ފެނަކައިގެ މައްޗަށްވެސް 4 ތުހުމަތެއް ކުރެވިފައިވާކަމަށް ލިޔެކިއުމުން ހިއްސާކޮށްފައިވެއެވެ.

އެސްޓީއޯގެ މައްޗަށް ތިން ތުހުމަތެއް ކުރެވިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، ހައުސިންގް މިނިސްޓްރީގެ މައްޗަށްވެސް އެ އަދަދު އަދި ރައީސް އޮފީހުގެ މައްޗަށް ދެ ތުހުމަތާއި އާރްޑީސީގެ މައްޗަށްވެސް ދެ ތުހުމަތެއް ކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

ސެޓްލްކޯ، މޯލްޑިވްސް ގޭސް، ޖޭއެސްސީ އާއި ޕީއެސްއެމް އަދި އެންވައިރަމެންޓު މިނިސްޓްރީގެ މައްޗަށްވެސް ތުހުމަތުތައް ކުރެވިފައިވާކަމަށް ބުނެފައިވެއެވެ. އެ މުއައްސަސާތަކުގެ އިތުރުން ކުޅުދުއްފުށި ކައުންސިލާއި ކަސްޓަމްސް އެމްއެންޔޫ ޕީޖީ އޮފީސް، އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށްވެސް ތުހުމަތެއް ކުރެވިފައިވާކަމަށް އެ ލިއުމުގައިވެއެވެ. މަޖިލީހުގެ މެމްބަރުންކަމަށްވާ މުހައްމަދު ރަޝީދާއި އަބްދުﷲ ޖާބިރުގެ މައްޗަށްވެސް ތުހުމަތެއް ކުރެވިފައިވާކަމަށާއި އެސްއެމްއީ ބެންކާއި ފޮރިން މިނިސްޓްރީގެ އިތުރުން ވެމްކޯ އާއި މޯލްޑިވްސް ޕޯސްޓުގެ މައްޗަށްވެސް ތުހުމަތުތައް ކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

އިދިކޮޅުގެ ލީގަލް ޓީމުންވަނީ މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ކުރިއަށް ގެންގޮސްފައެވެ. ލީގަލް ޓީމުން ބުނެފައިވާގޮތުން، އެ ޓީމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ފެށިގެން އައި އިރު ކުޑަ ޓީމެއް އޮތްނަމަވެސް މިހާރު އެ ޓީމުގައި 40 އަށްވުރެ ގިނަ ގާނޫނީ ވަކީލުން ހިމެނޭކަމަށް ބުނެފައިވެއެވެ. އެ ޓީމުގެ ފަރާތުން ވާހަކަަދެއްކެވި ވަކީލަކު ވިދާޅުވިގޮތުން، މަސައްކަތްކުރަމުންދަނީ ސަރުކާރުން ހިންގަމުންދާ އަމަލުތަކަށް ފާރަވެރިވެގެންނެވެ. އަދި މައްސަލައެއް ވާނަމަ ފާހަގަކުރެވޭ ކަންކަން ކަމާއިބެހޭ ވުޒާރާތަކާއި ހިއްސާކުރަމުން އައިސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެ ޓީމުން ބުނެފައިވާގޮތުން ވެންޓިލޭޓަރު މައްސަލަ ފަދަ ކަންކަމާއި ރައްޔިތުންނާއި ގުޅުން ހުރި އިތުރު މައްސަލަތައްވެސް ހުށައެޅިފައިވާނެއެވެ. އަލަށް އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާ މެމްބަރެއްކަމަށްވާ އަބްދުﷲ ޖާބިރުގެ މައްސަލަވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އޭނާގެ މައްޗަށް ހުށައެޅިފައިވަނީ ރިޔާސީ އިންތިހާބުގައި “ޑޮލަރުން ތަޅާ އިދިކޮޅު” ބަލިކުރާނެކަމަށް ބުނި މައްސަލަކަމަށާއި އެމައްސަލަ ހުށައެޅިފައިވަަނީ އޭނާ ވިދާޅުވި ވާހަކައިން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފައިސާ ބޭނުންކުރާނެކަން ދޭހަވުމުންކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: