ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިލްޓަންގެ މައްސަލައިގެ ފައިސާ ދޭން ސަރުކާރުގައި ނޭދެން؛ އެއީ ނުދެއްކިގެން އުޅެން ޖެހޭ އަދަދެއް ނޫން

ރިޔާސީ ކެމްޕެއިނަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ސިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިންގަޕޫރުގެ ހައިކޯޓުން ސަން ޓެރެވެލެސް އާއި ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލްގައި ކުރިޔަށް ދާ މައްސަލައިގައި، އެ ކުންފުންޏަށް ދައްކަން ޖެހޭ 24 މިލިއަން ޑޮލަރުދިވެހި ސަރުކާރުން ދައްކަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމްޑީއޭގެ ލީޑަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމް ދޮގު ކުރައްވައިފި އެވެ.

ސިޔާމްގެ ކުންފުނިން ތަރައްގީ ކުރި ނ. އިރުފުށި ހިންގުމަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަން ކުންފުންޏާއި އެކު އެއްބަސްވުމެއް ހެދުމަށް ފަހު ސަންއިން އެ އެއްބަސްވުން ބާތިލު ކުރި މައްސަލައިގައި ބަދަލު ނަގައިދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން  ނިންމާފައިވާއިރު އެ މައްސަލައިގައި ސިންގަޕޫރުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓިކަމުގެ ރިޕޯޓުތައް މި ހަފްތާގެ ތެރޭގައި މީޑިއާތަކުގައި އެކި ގޮތްގޮތަށް ދައުރުވި އެވެ.

މިއީ އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާއި އެކު ހެދި އެއްބަސްވުން ބާތިލު ކުރި މައްސަލައިގައޮ ސަން ޓްރެވެލްގެ މައްޗަށް އާބިޓްރޭޝަނުން ހުކުމް ކުރި މައްސަލަ އެކެވެ. އެ ހުކުމުގައި ވަނީ  އެ ކުންފުންޏަށް 24 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 368 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެކަމަކު އެ މައްސަލައިގައި ހުކުމާއި އެއްގޮތަށް ސަން ކުންފުނިން ފައިސާ ދައްކާފައި ނުވާތީ، އެ ނިންމުން ތަންފީޒުކޮށްދޭން އެދި ހިލްޓަންގެ ފަރާތުން މައްސަލަ ސިންގަޕޫރުގެ ހައިކޯޓަށް ހުށަހެޅީ އެވެ.

ސިޔާމް އެއާޕޯޓުގައި ހައްޔަރު ކުރިކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ފުލުހުން އެ ގައުމަށް ފޮނުވިކަމަށް ބުނާ ލިޔެކިއުންތަކެއް ވަނީ އާއްމުވެފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގައި ދުވަސްވީ ސީނިއާ މެމްބަރެއްކަމަށާއި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ސިޔާމަކީ ޒުވާން ވިޔާފަރިއެއްކަމަށާއި، ދިވެހި ގައުމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ވެސް އެ ސިޓީގައިވެއެވެ.

މިއީ ދިވެހި ސަރުކާރުން މައްސަލައިގެ ތެރެއަށް ވަނުން ނޫންތޯ އާއި، އަދި އެ ފައިސާ ދެއްކުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސައިދޭން އުޅޭކަމުގެ އަޑުތައް ވެސް ފެތުރިފައިވާކަން “ސަންގު” އިން ސުވާލު ކުރުމުން ސިޔާމް ވިދާޅުވީ މި މައްސަލައިގައި ސިންގަޕޫރުގައި އޭނާ ހައްޔަރު ކުރިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫންކަމަށާއި، މީޑިއާތަކުން ޒިންމާދާރުވެ މައުލޫމާތުތައް ގެނެސްދިނުމަށް އެދޭ ކަމަށެވެ. މި އަޑުތައް ފެތުރުމުގެ އަޑީގައި ތިބީ ސިޔާމް ތުހުމަތު ކުރެއްވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އެވެ. އަދި އެގޮތަށް އަމަލު ކުރީ އޭނާއަކީ މިވަގުތު 2023 އަށް ރައީސް ސޯލިހާއި އެކު ކޯލިޝަން ހަދާފައިވާ ޕާޓީއެއްގެ ލީޑަރަކަށްވުންކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑަށް އެނގޭ ވެސް ކަމެއް ނޫން ތީކީ، އަޅުގަނޑަށް ތި ހަބަރު ލިބުނީ ހަމަ މީޑިއާތަކުގެ ހެޑްލައިނުން.. މިއީ އަޅުގަނޑަށް ހީވަނީ ރާއްޖޭގައި އެންމެ ފަހުން އެދި ސިޔާސީ ޕާޓީގެ ލީޑަރު ދަނޑި… ޑިމޮކް… (ދަ ޑިމޮކްރެޓްސް) ކޮންމެވެސް ބައެއް އެ ބޭފުޅުން ކުރެއްވި ކަމެއްގެ ގޮތުގައި
ޑިމޮކްރެޓްސްގެ ނަން ރަނގަޅަށް ވިދާޅު ނުވެ، ސިޔާމް ތުހުމަތު ކުރެއްވި އެވެ.

މި މައްސަލައިގައި ސަރުކާރުން ފައިސާ ދައްކަން އުޅޭ ވާހަކައަކީ ތެދެއްތޯ އަނެއްކާވެސް ސުވާލު ކުރުމުން ސިޔާމް ވިދާޅުވީ، ހިލްޓަންގެ މައްސަލައިގެ ސީދާ މައުލޫމާތު ދޭނީ އޭނާގެ ގާނޫނީ ޓީމުން ކަމަށެވެ. އެކަމަކު، މި މައްސަލައިގައި ދިވެހި ސަރުކާރުން އޭނާއަށް ވަކިދޭ ފައިސާއެއް ނެތްކަމަށާއި، ދިވެހި ރައްޔިތަކަށް ގައުމެއްގައި ކަމެއް ދިމާވުމާއި އެކު އޮންނަ އުސޫލުގެ ތެރެއިން މުވައްސަސާތަކުން އަންގަން ޖެހޭ އެންގުންތައް އަންގާނެކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ އެކަމުގައި އެހީއެއް ވެދިނުމަށް، އެނާގެ ފަރާތުން ސަރުކާރުގައި އެދިފައި ވެސް ނުވާނެ ކަމަށެވެ. އޭނާއަކީ އެ ފައިސާ ނުދެއްކިގެން އުޅެން ޖެހޭނެ މީހެއް ނޫންކަމަށާއި، ދުނިޔޭގެ އެކި ބޭންކުތަކުން ލޯނުތައް ލިބޭނެކަމަށް ސިޔާމް ވިދާޅުވި އެވެ. އެކަން ކޮންމެ ރައްޔިތަކަށް ވެސް އަދި މީޑިއާތަކަށް ވެސް އެނގޭނެ ނޫން ތޯ ސިޔާމް ސުވާލު ކުރެއްވި އެވެ.

ލާރި އަޅުގަނޑަކަށް ދިވެހި ސަރުކާރުން ދައްކާފައި ނެތް، އަދި ދައްކަން ރިކުއެސްޓެއް ވެސް ނުކުރަން… އަޅުގަނޑު ލާރި ހޯދަނީ ދުނިޔޭގެ އެކި ބޭންކުތަކުން..

ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާތާ، 08 އަހަރުވީ މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނުގައި ހިނގާ މައްސަލައިގެ ތެރެއަށް، ސިޔާމްގެ ދިފާއުގައި ދިވެހި ސަރުކާރުން ވަދެފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް ސާފެއް ނޫނެވެ. އަދި މި މައްސަލައިގައި މިހާތަނަށް ސަރުކާރުގެ އެއްވެސް ރަސްމީ ބަހެއް ވެސް ނުލިބެ އެވެ.

ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގައި އެމަނިކުފާނާއި އެކު އުޅުއްވުމަށް ފަހު އެވެ. މިވަގުތު ސިޔާމް ޓީމުގައި ނެތް ނަމަވެސް، އެމްޑީއޭ ދަނީ ދަތުރުތަކުގައި ބައިވެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: