ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ވީއައިއޭއަށް

2024 ގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ވީއައިއޭއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަން އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކޮށްފައިވަނީ އެމެރެކާގެ ސެންފްރެންސިސްކޯގައި 17 ޖުލައި އިން 19 ޖުލައި 2023 އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ. މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށާއި ދިވެހި ރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވާލެއްވުމަށް ދައުވަތު ދެއްވާފައެވެ.

މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަޤްވާމީ، މިފަދަ ޝަރަފްވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރެވި، ދުނިޔޭގެ ވައިގެ ޚިދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕްލެޓްފޯމެއް ލިބިގެންދާނެއެވެ. އިންޑިއާ ކަނޑު ދުނިޔޭގެ އެކި ހިސާބުތަކަށް ގުޅުވާލަދޭ، މައި ހަބެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެގައި އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަތައް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބުނު ޝަރަފެކެވެ.

ރާއްޖޭގައި ބޭއްވޭ މި ކޮންގްރެސްގެ ތެރެއިން، ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވެގެން ދިއުމުގެ އިތުރުން، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކައި ގުޅުން ބަދަހިކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. އަދި މި މުޢާމަލާތްތަކުގެ ސަބަބުން، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކަށް ދަތުރުކުރާނެ އެއަރލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. މިއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިސާދަށް އަދި މުޅި ވައިގެ ޚިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި، އީޖާދީ ގޮތްތައް ހޯދުމުގެ މަގުތައް ފަހިވެގެންދާނެއެވެ.

މީގެ އިތުރުން، މި ކޮންގްރެސް މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުޞަތު މަންދޫބުންނަށް ފަހިވެގެންދާއިރު، ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް ލިބިގެންދާ ފަހި ފުރުސަތެކެވެ.

މި ކޮންގްރެސް ވީއައިއޭ އިން ހޮސްޓްކުރުމާއި ގުޅޭގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމް.އޭ.ސީ.އެލްގެ ސީ.އީއޯ އަދި މެނޭޖިން ޑިރެކްޓަރ މަހްޖޫބު ޝުޖާއު ވިދާޅުވީ، “އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާލެވިގެންދާނެ. ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައި.

އާ ސީޕްލޭން ޓާމިނަލް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތަކުން ފެށިގެން އާ ކޯޑް އެފް ރަންވޭއެއް އެޅުމާއި އެހެނިހެން ވަސީލަތްތަކާއެކު، ފަސިންޖަރުންނާއި އެއާލައިންތަކުގެ ބޭނުންތައް ފުއްދުމަށްޓަކައި އަޅުގަނޑުމެންގެ ޚިދުމަތްތައް އަބަދުވެސް މިދަނީ ހަރުދަނާކުރަމުން. މި ކޮންގްރެސްގެ ސަބަބުން އަޅުގަނޑުމެންނަށް މި ކުރިއެރުންތައް ދައްކުވައިދީ، ބައިނަލްއަޤްވާމީ އެއާލައިންތަކާއެކު ގުޅުން ބަދަހިކުރުމަށް އަގުހުރި ފުރުޞަތުތައް ލިބިގެންދާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރިއެރުމުގެ ވާހަކައިގެ އާ ބާބެއް އުފެދި، މި ސަރަހައްދުގެ ލީޑިން އެއާޕޯޓް އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގު އިތުރަށް ހަރުދަނާވެގެންދާނެ

އެއާ ސަރވިސް ވޯލްޑް ކޮންގްރެސް 2024 އަށް މަންދޫބުންނަށް މަރުޙަބާ ދެންނެވުމަށާއި، މި ކޮންގްރެސް އަކީ ކާމިޔާބު ކޮންގްރެސް އަކަށް ހެދުމަށް އެމްއޭސީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ. މި ކޮންގްރެސް އޮންނާނީ އަންނަ އަހަރު ޖުލައިމަހުގެ ތެރޭގައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: