ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަތް ޕާރުސަލް މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް

ޤަޟާއީ އަހަރު 2022 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގަ ފަނޑިޔާރު މަހާޒް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ނެރުނު ހުކުމަކާއި ގުޅިގެން، މައްސަލައިގެ ހަސްމަކާއި ގުޅުން ހުރި މީހަކު ދިން ކެއުމަކާއި ހަވާލުވިކަމަށް ބުނެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި ގުޅޭގޮތުން ތަހުގީގު ކުރި ސުލޫކީ މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމަށް ނުފެންނަކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދޭން އެދި އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވި ދުވަހު ކެއުމެއް ގެނައި މައްސަލައިގައި މަހާޒްގެ ސުލޫކީ މައްސަލައެއް ބަލަމުންދާކަން ކޮމިޝަނުން ހާމަކުރުމުން އޭނާ ވަނީ މައްސަލަ މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ހުށަހަޅުއްވާފަ އެވެ. ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު، އެ މައްސަލަ ކޯޓުގައި ބެއްލެވުމުގައި ހިމެނޭ ފަނޑިޔާރުންގެ ބެންޗަށް ކެއުމެއް ގެނައި މައްސަލަ ޖޭއެސްސީން ބެލީ އެއީ ހަދިޔާއެއް ބަލައިގަތުންކަމަށް ތުހުމަތުކޮށެވެ.

މަހާޒްގެ ސުލޫކީ މައްސަލަ ބަލަމުން ގެންދާކަން ރަސްމީކޮށް ހާމަކުރީ މިދިޔަ ނޮވެމްބަރު މަހު 30 ގަ އެވެ.

މައްސަލައިގައި ޖޭއެސްސީން މިއަދު ބުނީ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ހަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅަކާ، އެ ޝަރީއަތް ހިންގެވުމުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ހަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން ކޮމިޝަނުން ހިންގި ތަހުގީގަށް ހޯދުނު މައުލޫމާތާއި ފަނޑިޔާރު މަހާޒު ސާފުކޮށްދެއްވާފައިވާ ހަގީގަތްތަކަށް ރިއާޔަތްކުރާއިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަން ފާހަގަވާ ކަމަށެވެ.

އެހެންވެ އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިޔަށް ގެންދަން ނުފެންނަކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީން ބުނާ ކެއުމަކީ ޝަރީއަތް ދިގުލައިގެން ދާތީ، ބެންޗުގައި ތިބި ހުރިހާ ފަނޑިޔާރުންނަށް އޯޑަރުކޮށްގެން ގެނައި ޕާރްސަލްތަކެއްކަމަށް މަހާޒް ވިދާޅުވެ އެވެ. އަދި އާއްމުކޮށް ކޯޓުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ދުވަހެއް ނަމަ އެއް ފަނޑިޔާރަކު ބިލު ދައްކާ ގޮތަށް ބެންޗުގެ އެހެން ބޭފުޅުންނަށް ކެއުން ގެންނަކަން މަހާޒް ފާހަގަކުރެއްވި އެވެ. މިއީ އެއްވެސް ހާލަތެއްގައި ހާއްސަ ކެއުމެއް ނޫންކަމަށާއި، 2021 ނޮވެމްބަރު 30 ގައި ކެއުން އޯޑަރުކޮށް ގެނައީ ކޮން ރެސްޓޯރަންޓަކުންކަން ހުރިހާ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެކަމަށް މަހާޒް ވިދާޅުވެފައިވެ އެވެ.

ސުލޫކީ މައްސަލައެއް އުފެދެން ޖެހޭ ޖާގައެއް ނެތްކަން ފާހަގަކޮށް، މި މައްސަލައިގައި ނެރުނު ބަޔާނުގައި ޖޭއެސްސީގެ ތަހުގީގު އާއްމުންނަށް ފެންނާނެހެން މީޑިއާތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް މަހާޒް އެދުނެވެ.

ސުކޫކީ މައްސަލަ ބެލުމަށް ނިންމިކަން ހާމަކުރުމުން، މަހާޒް އާއްމު ކުރި ބަޔާނަށް ރައްދު ދީ ކޮމިޝަނުން ވަނީ، ކެއުމާއި މެދު ސުވާލުތަކެއް އުފެދޭކަމަށާއި މަހާޒަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އެއްބާރުލުން ނުދޭ ކަމަށެވެ. އަދި މި މައްސަލައިގައި މަހާޒްގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ތަހުގީގެއް ކުރިޔަށް ދާނެކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: