ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ބޯމަތިވެފައި؛ ފުއާދަށް އިތުބާރު ނެތްކަމަށް ކޮމިޝަނުން ނިންމައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި އުފެދުނު ނުތަވަސްކަމުގެ ތެރެއިން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް ނިންމައިފި އެވެ.

ފުއާދަށް އިތުބާރު ނެތްކަމަށް އިސީގެ މެމްބަރުން ނިންމި އިރު، އޭނާއި އެކު މަސައްކަތް ކުރުމަށް ބޭނުން ނުވާތީ ޖަލްސާތަކުގައި ބައިވެރިވުމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ނޫން ހުރިހާ މެމްބަރުން ވަނީ ދެކޮޅު ހަދާފަ އެވެ. އޭރު މެމްބަރުން ބުނީ ފުއާދު ރިޔާސަތު ބަލަހައްޓާ އެއްވެސް ޖަލްސާއެއްގައި ބައިވެރިވުމަށް ބޭނުން ނުވާ ކަމަށެވެ.

ފުއާދު ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކަންތައް ކުރައްވާ ގޮތުން އިތުބާރު ނެތްކަމަށް މެމްބަރުން ނިންމާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ، ޖަލްސާތަކުގެ ނިންމުންތަކުގެ ތަފްސީލުގައި އެގޮތަށް ފާސް ކުރިކަން ވަނީ ކަށަވަރުވެފަ އެވެ.

ފުއާދުގެ މައްޗަށް އިތުބާރު ނެތްކަމަށް ކޮމިޝަނުގެ މެމްބަރުން ޖަލްސާއެއްގައި ނިންމި ނަމަވެސް، އެއީ ގާނޫނީ ބުރަދަނެއް ހުރި ނިންމުމެއް ނޫނެވެ. ނުވަތަ އޭނާ ރައީސްގެ މަގާމުން ވަތްކެއް ނުވާނެ އެވެ.

އެއީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ނުވަތަ މެމްބަރަކު ވަކި ކުރެވޭނެ އުސޫލެއް ނެތުމުންނެވެ.

އީސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭނީ އިސްތިއުފާ ދިނުމުން ކަމަށެވެ.

މި ނިންމުން ނިންމާފައި ވަނީ، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ އަލަށް އުފެއްދުމަށް މަސައްކަތް ކުރާ ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޫކުރުމުގައި މައްސަލަތައް ދިމާވި ދުވަސްވަރު އެވެ.

ޑިމޮކްރެޓްސްއަށް ހުއްދަ ދޭން ފުރަތަމަ ރޭ ފާސް ނުވުމުން އެކަމުގެ މައުލޫމާތު ހާމަކުރަމުން އެރޭ ފުއާދު ވިދާޅުވި ގޮތުގައި މެމްބަރުންގެ އިތުބާރު އޭނާގެ މައްޗަށް ނެތެވެ. ފުއާދު ވިދާޅުވީ މެމްބަރުން ތުހުމަތު ކުރީ އޭނާ މަސައްކަތް ކުރައްވަނީ، ވަކި ކޮޅަކަށް ޖެހި ނުފޫޒުގެ ދަށުވެފައި ހުންނަވައި، ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށެވެ. އެއީ ކޮން މެމްބަރުނެއްކަން ހާމަކޮށް، ވޯޓު ނުދެނީ ކޮން ދެ މެމްބަރެއްކަން ވެސް ވިދާޅުވި އެވެ. ފުއާދު ޑިމޮކްރެޓްސްގެ މެމްބަރުންނާއި ދެއްކެވި ވާހަކަ ވީޑިއޯ ކުރުމަށް ފަހު އެބޭފުޅުންގެ ފަރާތުން ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރި އެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން އީސީގެ ބައެއް މެމްބަރުންގެ މައްޗަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރެ އެވެ. އަދި އެއީ ސަރުކާރުގެ އިސްބޭފުޅުންނާއި ގުޅުން އޮތް، އާއިލީ ބޭފުޅުންކަމަށް ވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: