ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް!

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް އަދި އިންތިހާބީ އެޖެންޓު އުޝާމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓުގެ ގޮތުގައި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހަމަޖައްސަވައިފިއެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްއެންޕީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ ޕާޓީއިންވަނީ އިގްތިސާދީ އަދި އިޖްތިމާއީ ސިޔާސަތުތައްވެސް ހިއްސާކޮށްފައެވެ. އެމްއެންޕީއިން މިއަދު ހިއްސާކޮށްފައިވާގޮތުން، އެ ޕާޓީއިންވަނީ އިންތިހާބީ އެޖެންޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސްގެ މަގާމު އަދާކުރައްވަމުންދާ އުޝާމް ހަމަޖައްސާފައެވެ.

ނާޒިމްގެ އިންތިހާބީ އެޖެންޓުގެ ގޮތުގައި އައްޔަނުކުރެވިފައިވާ އުޝާމްއަކީ ދިވެހިރާއްޖޭގެ އޭޖީއެއްގެ މަގާމުވެސް އަދާކުރައްވާފައިވާ ފަރާތެކެވެ. ނާޒިމްގެ ތަރުޖަމާނެއްގެ މަސައްކަތްވެސް ކުރައްވަމުންދަނީ އުޝާމްކަން ފާހަގަކުރެވެއެވެ.

އެމްއެންޕީގެ އިންތިހާބީ އެޖެންޓު ހާމަކޮށްފައިވާއިރު، އެ ޕާޓީއިންވަނީ ވެރިކަމެއްގައި ފުއްދައިދޭން ގިނަ ވައުދުތަކެއް ވެފައެވެ. އެގޮތުން ބޯހިޔާވަހިކަން ލިއްބައިދިނުމުގެ ގޮތުން ރައްޔިތުންނަށް ސޮވަރެއިން ގެރެންޓީގެ ދަށުން ލޯނު ހަމަޖައްސައިދޭނެކަމަށް ބުނެފައިވާއިރު، އެމްއެންޕީގެވ ވެރިކަމެއްގައި ދިވެހިންނަށް ހާއްސަ ވަޒީފާތައްވެސް ކަނޑައަޅައިދޭނެކަމަށްވެސް ނާޒިމްވަނީ ވައުދުވެވަޑައިގެންފައެވެ. އޭނާވަނީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް ވިސްނުންތައް ގެންގުޅުއްވާކަން ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: