ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދގައި ދިވެހި ދިދަ ވިހުރުނަސް ރާއްޖެއަކީ މިނިވަން ގައުމެއްކަމަށް ދަންނަވަން ދަތި: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އދގައި ދިވެހި ދިދަ ވިހުރެމުންދިޔަ ނަމަވެސް ރާއްޖޭގެ މިނިވަންކަން ކަށަވަރުވެފައިވާކަމަށް ދަންނަވަން އުނދަގޫކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިވަންދުހުގެ މުނާސަބާގައި ނާޒިމްވަނީ ހިތާބެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ގައުމެއް މިނިވަންކުރުމަކީ އެ ގައުމެއް އަޅުދާސްކުރުވާފައިވާ ބައެއްގެ އަތުން ބާރުތައް އަތުލައި ރައްޔިތުންގެ އަމިއްލަވަންތައް ސަރުކާރެއް ގާއިމު ކުރުންކަމަށާއި ގައުމެއް މިނިވަންކުރުމުގެ މަސައްކަތަކީ ގިނަ ދާއިރާތަކެއްގެ ތެރެއިން ކުރެވިގެން އަންނަ މަސައްކަތެއްކަމަށެވެ. ނާޒިމް ވިދާޅުވީ، ގައުމިއްޔަތުގެ ފޭރާމުގައި ހުރި ބާގަނޑުތައް ހުރިހާ ދިމާލަކުން ބައްދައި މިނިވަންކަން ގެއްލިގޮސްދާނެފަދަ ނުފޫޒުތަކަށް ނުވަދެވޭނެ ގޮތަށް ވަށާޖެހޭގޮތަށް ދަމަހައްޓަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދިދަ އދގައި ވިހުރެމުންދިޔަނަމަވެސް ދިވެހި ދައުލަތުގެ މިނިވަންކަން ކަށަވަރުވެފައިވާކަމަށް ދެންނެވުން އުނދަގޫކަމަށެވެ.

ނާޒިމް ވިދާޅުވީ، އަމިއްލަވަންތަ ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މުސްތަގުބަލު އޮތީ އުޖާލާކޮށްކަމަށް ދެންނެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ އެކި ދިމާލުން ޖަހަމުންދަނީ އަމިއްލަ ބާރުތައް ގެއްލެމުންދާކަމުގެ އިންޒާރުގެ ރަނގަބީލުކަމަށެވެ. ނާޒިމް ވިދާޅުވީ، އިވެމުންދަނީ އިހުމާލުތަކުގެ ސަބަބުން ޒުވާން ޖީލުތަކުގެ މުސްތަގުބަލު ގެއްލެމުންދާކަމުގެ އިންޒާރުތައްކަމަށެވެ. އެހެންކަމުން އެ އިންޒާރުތައް ބަލައިގަނެ އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ގައުމީ ވާޖިބެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ކުރަން އިތުރު ބަޔަކު ނާންނާނެކަމަށާއި އަންނަން ނުވެސްޖެހޭނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގައުމުގެ ހާލަތުގެ ވާހަކަތައް ދައްކަ ދައްކާ ތިއްބާ ދިވެހިރާއްޖޭގެ ދަރަނީގެ މިންވަރުތައްވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން ގީޑީޕީއަށްވުރެ މައްޗަށް ގޮސްފައިކަމަށެވެ. ނާޒިމް ވިދާޅުވީ، ދިވެހިރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ އިންޒާރުތައް ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކާއި ދިވެހިރާއްޖޭގެ މަރުކަޒީ ބެންކުންވެސް ތަކުރާރުކޮށް ދެމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ރިޒާވުގައި ހުރި ދެ މަސްދުވަހުގެ ކާޑު ގަނެވޭ މިންވަރުގެ ފައިސާކަމަށެވެ. އަދި ރާއްޖޭގައި ހުރި އެންމެ ފެން ކުންފުޏެއް މައްސަލަ ޖެހުމުން ބޯފެން ހޯދުމުގައި ބޭރު ގައުމަކަށް ބަރޯސާ ވާންޖެހޭ ހާލަތުގައި ރާއްޖެ އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގެ ހަރުމުދާ ގާނޫނީ ގޮތުން ރައްކައުތެރިކުރެވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނީ އޮނގަނޑުގައި ހުރި ބާގަނޑުތަކެއްގެ ބޭނުން ހިފައިގެން ރައީސް ސާލިހުގެ ސަރުކާރުންދަނީ އެ މުދާތައް ނުއަގުގައި ވިއްކަމުންކަމަށެވެ. ނާޒިމް ވިދާޅުވީ، ދިވެހިރާއްޖެއާއި ބައިނަލްއަގުވާމީ ގާނޫނުތަކުން ދިވެހިރާއްޖެއަށް ލިބިދީފައިވާ މަސްކަނޑުގެ 45،000 ނޯޓިކަލް މޭލުގެ ސަރަހައްދެއް ދާދި ފަހުން ސަރުކާރުން ދޫކޮށްލާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އިލެކްޝަންސް ކޮމިޝަންވެސް އޮތީ ސިޔާސީ ކޯޅުންގަނޑެއްގައި ޖެހި މަރުތަޅު އެޅުވިފައިކަމަށެވެ. ނާޒިމް ވިދާޅުވީ ދިވެހިރާއްޖޭގައި ރަސްމީ މަސައްކަތްތައް ކުރަމުންދާ ބޭރު ގައުމުތަކުގެ ސިފައިން ތިބިކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ އާބާދީގައި ދިވެހިންނަށްވުރެ ގިނައީ ބިދޭސީންކަމަށެވެ. އަދި މަތީ ތައުލީމު ހޯދުމަށްޓަކައި އެންރޯލްވަމުންދާ ކުދިންގެ އަދަދުތައްވެސް ދަނީ ދަށަށްކަމަށާއި އެހެންނަމަވެސް އެ މައްސަލަތަކާއިމެދު ކަމާއި ބެހޭ މުއައްސަސާތައް ހަނު ހުންނަކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ދިފާއީ ބާރުތަކާއި ގައުމީ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ޒިންމާ އެޅިފައިވާ މުއައްސަސާތައް ސަރުކާރުގެ ނުފޫޒުގެ ދަށުވެ ފިތިފައިވާ މަންޒަރު ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ފެނިގެންދަނީ ގާނޫނުއަސާސީން ލިބިދީފައިވާ ވަޒީފާގެ މިނިވަންކަމުގެ ހައްގު ގެއްލިފައިވާ މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ނަތީޖާގެ ގޮތުގައި ދައުލަތް އެއް ދުވަހުން އަނެއް ދުވަހަށް ބަލިކަށިވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އެތައް އަހަރެއްގެ ތެރޭގައި ކުރެވެނު މަސައްކަތްތަކުގެ ތެރެއިން އަށަގެންނެވުނު ޑިމޮކްރެސީގެ އަސާސްތައް ފުނޑުފުނޑުވެގޮސް މިނިވަންކަންވެސް އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖެވަނީ ބޯހިއްލާނުލެވޭ މިންވަރަށް ދަރަނިވެރިވެފައިކަމަށެވެ. ނާޒިމް ވިދާޅުުވީ، އެކަމުގެ ސަބަބުން ރައްޔިތުންގެ ރައްކައުތެރިކަން ނެތި، އިގްތިސާދީ ބާރުވެރިކަންވެސް ބީވެގެންދާން ފަށާފައިވާނަމަވެސް އެކަންކަމަށް ސަރުކާރަށް ޖަވާބުދާރީނުވެވޭކަމަށެވެ. އޭނާ ވިދާޅުވީ، ހައްލު ކުރާނެ ގޮތެއްވެސް ވިސްނިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ހާލަތުން ދިވެހިރާއްޖެ ފަދަ ސްޓްރެޓީޖިކް ލޮކޭޝަނެއްގައި އޮތް ގައުމަކަށް މިނިވަންކަން ހިފެހެއްޓޭނެ ކަމަށް ގަބޫލުނުކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، ދެންނެވި ކޮންމެ ކަމަކުންވެސް އިންޒާރުގެެ ރަނގަބީލުތަކެއް އިވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: