ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެ ހޫނުވަމުންދިޔަ ޒަމާން ފަހަނަ އަޅައި ދުނިޔެ ކެކިގެންދާ ޒަމާނަށް އާދެވިއްޖެ: އދ

އ ދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެ ހޫނުވަމުންދިއުމުގެ ޒަމާން ނިމުމަކަށް އައިސްފައިވާކަމަށާއި، ދުނިޔެ ކެކިގެންދާ ޒަމާން އައިސްފައިވާކަމަށް އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ދުނިޔެ ކެކެމުންދާކަމަށް ބުނެ އެންޓޯނިއޯ ގުޓޭރެޒް އިންޒާރުތަކެއް ދެއްވާފައިވަނީ، މި އަހަރުގެ ޖުލައި މަހަކީ މިހާތަނަށް ދުނިޔެ އެންމެ ހޫނުވެގެންދާނެ މަހުގެ ގޮތުގައި ސައިންސްވެރިން ކަށަވަރުކޮށްދިނުމާއިއެކުކަމަށެވެ.

ރިޕޯޓުތަކުގައިވާގޮތުން ގުޓޭރެޒްވަނީ ދުނިޔެ ހޫނުވަމުންދާ ދިއުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އިންޒާރުތަކެއްވެސް ދެއްވާފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެގެންދާ ނުރައްކާތައް އިންތިހާއަށް ބިރުވެރިކަމަށާއި މިހާރު އަދި ފެންނަމުންދަނީ އެ ގޮންޖެހުންތަކުގެ ފެށުމެއްކަމަށް ބުނެފައިވެއެވެ. އޭނާ ބުނެފައިވާޣޮތުން، އަދިވެސް ދުނިޔެ ހޫނުވަމުންދާ ދިއުން ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކުން ސަލާމަތްވެވިދާނެކަމަށާއި އެހެންނަމަވެސް އެކަން ކުރެވޭނީ ބޮޑެތި އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެންކަމަށް ބުނެފައިވެއެވެ.

ދުނިޔެ ކެކެމުންދާކަމުގެ އިންޒާރުތައް ގުޓޭރެޒްގެ ފަރާތުން ލިބިގޮސްފައިވަނީ ކަމާއި ބެހޭ ސައިންވެސްވެރިންގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މި އަހަރުގެ ޖުލައި މަހަކީ ދިރާސާތައް ކުރެވެން ފެށީއްސުރެ އެންމެ ހޫނު ގަދަ މަހުގެ ގޮތުގައި ސައިންސްވެރިން މައުލޫމާތު ދީފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. ދުނިޔޭގެ މީޓިއޮރޮލޮޖިކަލް ވުޒާރާއިން ބުނެފައިވާގޮތުން، މިހާތަނަށް ހޫނުވެފައިވާ މިންގަނޑުތަކުންވެސް ކުރީގެ ރެކޯޑުތައް މުގިރިގެންދެއެވެ.  އަދި ދުނިޔެ ހޫނުވަމުންދަނީ ވައި ތަގައްޔަރުވެ އެކަމުގެ ސަބަބުން އިރުގެ ދޯދިތައް ތާށިގެގެންދިއުމުގެ ސަބަބުންކަމަށާއި އެހެންކަމުން ކުރިން ގޯސްވެގެންދާ މިންވަރުތަކަށްވުރެ މިހާރުގެ ހާލަތު ގޯސްކަމަށް ބަޔާންކޮށްފައިވެއެވެ.

ގުޓޭރެޒް ބުނެފައިވާގޮތުން، އިންސާނުންވަނީ ”ހޫނު ގޮނޑިއަކަށް“ ލެވިފައެވެ. އަދި އެމެރިކާ އުތުރާއި އޭޝިއާ އަދި އެފްރިކާގެ އިތުރުން ޔޫރަޕުގެ ސަރަހައްދުތަކަށް މިއީ އަނިޔާވެރި މޫސުމެއްކަމަށާއި މުޅި ދުނިޔެއަށްވެސް އަސަރު ކުރާ ކާރިސާއެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މިކަމުގެ ޒިންމާ ނަގަންޖެހެނީ އިންސާނުންކަމާއިމެދު ސައިންސްވެރިންނަށް ޝައްކެއް ނެތެވެ. އޭނާ ވިދާޅުވީ، މިހާރު ފެންނަމުންދާ އެންމެހާ ކަންކަމަކީ ވެގެން އަންނާނެކަމަށް މީގެ ކުރިން ލަފާކޮށްފައިވާ މައްސަލަތަކާއި އެއް ގޮތް ކަންކަމެވެ. އޭނާ ވިދާޅުވެފައިވާގޮތުން ދެވިފައިވާ އިންޒާރުތަކާއި އަދުގެ ހާލަތާއި ދިމާވެއެވެ. އެހެންނަމަވެސް ހަމައެކަނި ހައިރާންކަމެއް އައިސްފައިވަނީ ކަންވަމުންދާ ދުވެލީގެ ސަބަބުންކަމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އައިސް ބޯމަތިވެފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، އެ ގޮންޖެހުންތައް އިންތިހާއަށް ބިރުވެރިކަމަށާއި މިހާރު ދުނިޔެ ހޫނުވުމުގެ ޒަމާން ނިމި ދުނިޔެ ކެކުމުގެ ޒަމާނުގެ ތެރެއަށް ވަދެވިފައިވާކަމަށް ބުނެފައިވެއެވެ. ގުޓޭރެޒްވަނީ ސިޔާސީ ފަރާތްތަކަން މި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތައް އެޅުމަށް އަވަސް ވެގަތުމަށް އިލްތިމާޒްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ނޭވާލެވޭ ވަރަށްވުރެ ވައި ނުސާފުވެފައިވާކަމަށާއި ފޮސިލް ފިއުލްގެ ވިޔަފާރި އިންތިހާއަށް މައްޗަށް ދިއުމާއި މޫސުމީ ކަންކަމުގައި އަޅާލެވޭ މިންވަރުތައް ކުޑަވުން ބަލައިނުގަނެވޭނެކަމަށެވެ. އޭނާ ވިދާޅުވީ ގައުމުތަކުގެ އިސްވެރިން އިސްނަގަންޖެހިއްޖެކަމަށާއި އަދި ފަސް ޖެހޭށާއި ބަހަނާތައް ދެއްކުމަށް ވަގުތެއް ނެތްކަމަށް ބުނެފައިވާއިރު އެހެން ފަރާތްތަކުން ފުރަތަމަ ފިޔަވަޅު އެޅުމަށް މަޑުކުރުމަށްވެސް މިހާރު ވަގުތެއް ނެތްކަމަށް ގުޓޭރެޒްވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: