ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީތެރިކަން އިތުރުކުރުމަށް ރާއްޖެއިން ގޮވާލައިފި

ފޮޓޯ: މޯލްޑިވްސް އިން ޖެނީވާ - އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މައިދާނުގައި ދޭ އެހީތެރިކަން އިތުރުކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ޖެނީވާގައި މިހާރު ކުރިއަށްދާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގެ ބައްދަލުވުމުގައެވެ.

މޫސުމީ ބަދަލުތަކުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު ދެނެގަތުމާ ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ ބަޔާނެއް އިއްވަވާފައެވެ. ޑރ. ސަލްމާގެ ވާހަކަފުޅުގައި، އިގްތިސާދީ، ތިމާވެށި، އަދި އިޖުތިމާއީ ގޮތުން ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ގައުމެއްގެ ނާޒުކުކަމާއި ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް އދ. އިން އެކުލަވާލާފައިވާ ”މަލްޓި ޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް“ ހުރިހާ ގައުމުތަކުން ބަލައިގަތުމަށް ބާރުއެޅުއްވިއެވެ.

ރާއްޖޭގެ ފަރާތުން އިއްވި މި ބަޔާނުގައި، ކާބޯތަކެތީގެ ރައްކާތެރިކަމާއި މޫސުމީ ވިލުންތެރިކަމާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގެ ނަމޫނާ މިސާލެއްކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ގުޅިގެން އުފައްދާފައިވާ ބައިނަލްއަގުވާމީ ފަންޑުތަކަށް، ހާއްސަކޮށް ”ފަންޑް ފޯ ރެސްޕޮންޑިން“ ފަދަ ވަސީލަތްތަކަށް ބޭނުންވާ ފައިސާ ފުރިހަމައަށް ހަމަޖެއްސުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި މޫސުމީ ކަންކަމާ ގުޅިގެން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށް ވެސް ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: