ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ.ގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުކަމަށް ދިވެހިރާއްޖެ

ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ.ގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެއެވެ.

އދ.ގެ މައި މަރުކަޒުގައި މިއަދު ބޭއްވި އިންތިހާބުގައި، މި މަގާމަށް ދިވެހިރާއްޖެ އިންތިހާބުވީ، އާންމު މަޖިލީހުގެ އިއްތިފާގުންނެވެ.

އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނީ ދިވެހިރާއްޖެ އިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، އަލްފާޟިލް ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާއި ގުޅިގެން ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާކަމަށް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށް ދާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށެވެ.

މި މަގާމަށް ރާއްޖެއިން އިންތިހާބުވުމުން ހާމަވެގެންދަނީ އދ.ގައި ދިވެހިރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ކުރާ އިތުބާރު ކަމަށެވެ. އަދި ދިވެހިރާއްޖެ އެ މަގާމަށް އިންތިހާބުވެފައި މިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތު ބައިނަލްއަގުވާމީ މައިދާނުގައި ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިގްތިސާދީ އަދި މާލީ ކޮމިޓީ ނުވަތަ ”ސެކަންޑް ކޮމިޓީ“ އަކީ އދ.ގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. އެ ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްގީއާއި، އިގްތިސޯދީ ކުރިއެރުމާ ގުޅުން ހުރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އދ.ގެ މަސައްކަތްތައް ބައްޓަންކުރުމެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިހްތިޔާރު ބިއުރޯއަށް ލިބިގެންވާއިރު، އާންމުގޮތެއްގައި ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށް ދަނީ ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިން ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: