ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ ކޮށްދިނުމުން ރަމްޒުކޮށްދެނީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުން: ސަރުކާރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ނަގާފައިވާ 30 ބިލިއަން އިންޑިއަން ރޫޕީސްގެ ފުރަތަމަ ބައި އަނބުރާ ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދިނުމަށް ނިންމި ނިންމުމުން ރަމްޒުކޮށްދެނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެެ.

ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނުގައި ބުނެފައި ވަނީ އެ ފެސިލިޓީ ރޯލްއޯވަރ ކޮށްދިނުމުން ރަމްޒުކޮށްދެނީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުން ކަމަށެވެ. އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ދެއްވަމުންގެންދަވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރު އަދާކުރާކަމަށް ބަޔާނުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި، އިންޑިއާ ހިމެނޭހެން ރާއްޖޭގެ މުހިންމު ބައިލެޓަރަލް ބައިވެރިންނާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، ދެގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ”ނެއިބަރހުޑް ފަސްޓް“ ސިޔާސަތުގެ ދަށުން އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ދިވެހި ސަރުކާރުން ބަލައިގަންނަނީ ނުހަނު އަގުހުރި ކަމެއްގެ ގޮތުގައި ކަމަށާއި އަދި ދެގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: