ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާ ނެތި ދިވެހީންނަށް ބެލަރޫސްއަށް ދެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިސާ ނެތި ރާއްޖެއާ ބެލަރޫސްއާ ދެމެދު ދަތުރުކުރެވޭ ގޮތަށް އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިސާ ނެތި ދިވެހީންނަށް ބެލަރޫސްއަށް ދެވޭ ގޮތަށް ދިވެހި ސަރުކާރާއި ބެލަރޫސްގެ ސަރުކާރާ ދެމެދު، ވިސާއިން އިސްތިސްނާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކްގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފްތާގެ ހަވާސާގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އަދި ބެލަރޫސްގެ ޖުމްހޫރިއްޔާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރީޒެންކޯވްއެވެ.

އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށްވެސް އެއް ގައުމުން އަނެއް ގައުމަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ. އަދި މީގެ އިތުރުން އެއް ކަލަންޑަރު އަހަރު ތެރޭގައި އެއްފަހަރު ވަދެ 30 ދުވަހުގެ މުއްދަތަކަށް، ނުވަތަ އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވާ ގޮތަށް އެ ތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންދާނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ބެލަރޫސް ސަރުކާރުން ބަހައްޓަވާ އަހަންމިއްޔަތުކަމަށްޓަކައި ވަޒީރު އިރުތިޝާމް ވަނީ އެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ރާއްޖެއާއި ބެލަރޫސްއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ބެލަރޫސްއަކީ ދިވެހި ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަންދާ ގައުމެކެވެ. ހާއްސަކޮށް މެޑިސިންގެ ދާއިރާއިން ތައުލީމު ހާސިލުކުރާ ގިނަ އަދަދެއްގެ ދަރިވަރުން އެ ގައުމު އިހްތިޔާރުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: