ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ހިމެނޭހެން 77 ގައުމަކުން ނަތަންޔާހޫގެ ތަގުރީރު ބޮއިކޮޓްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު ޖަލްސާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ރާއްޖެ ހިމެނޭހެން ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ހިތްހަމަނުޖެހުން ފާޅުކޮށް ހޯލުން ނިކުމެގެން ގޮސްފިއެވެ.

އިއްޔެ އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމަށް އެރުމާއެކު، ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ 77 ގައުމެއްގެ މަންދޫބުން ހޯލު ދޫކޮށް ނިކުމެ، އޭނާގެ ތަގުރީރު ބޮއިކޮޓުރިއެވެ.

ނަތަންޔާހޫގެ ތަގުރީރު ދިން ގަޑީގައި މުޅި ހޯލު ހުސްވެގެން ދިޔައިރު، ޖަލްސާގެ ރިޔާސަތުން ވަނީ މަސްލަހަތު ގާއިމުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.  ގައުމުތަކުގެ މަންދޫބުން ހޯލު ދޫކޮށް ދިޔުމުން ނުރުހުން ފާޅުކުރަމުން ނަތަންޔާހޫ ވަނީ، އެ މީހުންނަކީ ފިނޑިން ކަމަށް ސިފަކޮށް އިތުރަށް ބަޔަކު ނިކުންނަން ބޭނުންނަމަ ނިކުތުމަށް އެދި ގޮންޖަހާފައެވެ.

އޮކްޓޯބަރު 27 ގައި އިސްރާއީލުގައި ބާއްވާ އިންތިޚާބާ ދިމާކޮށް، މަގާމު ދިފާއުކުރުމަށް އަމާޒުކޮށް ދިން އެ ތަގުރީރުގައި، އޭނާ ވަނީ ޣައްޒާއާއި، ހުޅަނގު އައްސޭރި، ސީރިއާ، ލުބުނާން، އީރާން، ޔަމަން އަދި އިރާގު ހިމެނޭހެން ހަތް ދިމާލަކުން ހަނގުރާމަކުރަމުންދާކަން ފާހަގަކޮށް، އެ ހަނގުރާމަތައް އިސްރާއީލުން ކާމިޔާބުކުރާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، އޭނާގެ ވާހަކައިގައި ތުރުކީވިލާތަށާއި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެކަމާ ގުޅިގެން ތުރުކީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ނަތަންޔާހޫ ދެއްކި އެއްވެސް ވާހަކައަކުން، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތައް ނުފޮރުވޭނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް ނަތަންޔާހޫ އދ. ގައި ތަގުރީރުކުރަން ފެށުމާއެކު ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ އެފަދައިން އަމަލުކޮށް، އޭނާގެ ތަގުރީރު ބޮއިކޮޓްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: