ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޓް އެގްޒިބިޝަންތައް ބޭއްވުމަށް ހާއްސަ ހޯލެއް ބިނާކުރުމަކީ ދެކެމުންދާ ހުވަފެނެއް: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް: ފޮޓޯ/އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓް އެގްޒިބިޝަންތައް ބޭއްވުމަށް ހާއްސަ ހޯލެއް ބިނާކޮށްދެއްވުމަކީ ދެކިވަޑައިގަންނަވަމުންދާ ހުވަފެނެއްކަމަށާއި އެކަން އިރާދަކުރެއްވިޔާ ހާސިލުވެގެންދާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި ކުރިއަށް ގެންދިޔަ އާޓު އެގްޒިބިޝަންއަކަށް ޒިޔާރަތްކުރެއްވުމަށްފަހު ”ސަންގު“ އަށް ދެއްވި އިންޓަރވިއުއެއްގައި ނާޒިމް ވަނީ ކުރެހުމުގެ ދާއިރާ އާއި މެދު އޭނާ ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ. އެގްޒިބިޝަން އަށް ދައުވަތު ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ނާޒިމް ވިދާޅުވީ، އެ މާހައުލުގެ ތެރެއިން ފެނިގެންދިޔަ ކުރެހުންތަކަކީ ކުރެވިފައިވާ މުހިންމު މަސައްކަތްތަކެއްކަމަށެވެ. ނާޒިމް ވިދާޅުވީ، އެތަނުގައި ހުރި ކުރެހުންތަކުން ދިވެހިރާއްޖޭގެ ތާރީހު ފެނިގެންދިޔަކަމަށެވެ.

އޭނާ ވިދާޅުވީ، އާރްޓު ނުވަތަ ކުރެހުމުގެ ދާއިރާއަކީ ވަރަށް މުހިންމު ފަންނެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. ނާޒިމް ވިދާޅުވީ، އެހެންނަމަވެސް ދިވެހިރާއްޖެއިން އެ ފަންނު ނެތެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ގިނަ އަދަދެއްގެ ފަންނުވެރިން ދިރިއުޅެމުންދާ ގައުމެއްކަމަށެވެ. ހާއްސަ ގޮތެއްގައި ޒުވާނުންގެ ތެރޭގައި ކުރެހުމުގެ ފަންނު ކުރިއެރުވުމުށް މަސައްކަތްތައް ކުރެވެމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެހެންކަމުން އެމްއެންޕީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ މާއްދާއެއްގެ ގޮތުގައި އާޓް ކިޔަވައިދެވޭނެކަމަށް ޒުވާނުންނަށް ދަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ކުރެހުމުގެ ދާއިރާގެ ތެރޭގައި ކުރިއާލައި މަސައްކަތްކުރަމުންދާ ފަރާތްތަކަށްވެސް އެމްއެންޕީގެ ސަރުކާރެއްގައި ފަހި ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމަށެވެ. އެގޮތުން ކުރެހުންތައް ދައްކާލުމުގެ ފުރުސަތުތައް އިތުރަށް ފުޅާކޮށްދެއްވާނެކަމަށާއި އެގްޒިބިޝަންތައް ކުރިއަށް ގެންދިއުމަށްޓަކައި އެކަށީގެންވާ ހޯލެއް ބިނާކޮށްދެއްވުމަކީ އޭނާ ދެކިވަޑައިގަންނަވަމުންދާ ހުއަފެނެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އޭނާ ވިސްނާވަޑައިގެންފައިވަނީ ހަމައެކަނި ކުދިންނަށް ތައުލީމު ދީގެން ކުރިއަރުވަން ނޫންކަމަށެވެ. ނާޒިމް ވިދާޅުވީ، ފަންނީ އެކި އެކި ރޮނގުތަކުން ކުދިން ކުރިއަށް ގެންދިއުމަކީވެސް އެމްއެންޕީގެ ސަރުކާރެއްގެ އަމާޒެއްކަމަށެވެ. އޭނާ ވިދާޅުވީ ކުރެހުމާއި މިއުޒިކު ކުޅުމާއި އެހެނިހެން އަތްތެރި މަސައްކަތްތަކަކީ ދިވެހިރާއްޖޭގައިވެސް ކުރިއެރުވޭނެ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ދާއިރާތަކުގެ ތެރެއިން ދިވެހި ޒުވާނުންނަށް ނަފާ ލިބޭނެ އިންތިޒާމުތައް އެމްއެންޕީގެ ސަރުކާރަކަށް ފަހިކޮށްދެވޭނެކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ސަރުކާރެއްގައި އެފަދަ ދާއިރާތަކުން ކުރިއަރައިދިއުމަށް އެދޭ ޒުވާނުންނަށް އެކަމަކަށް އެކަށީގެންވާ މާލީ އެހީ ފޯރުވައިދެއްވާނެކަން ޔަގީން ކުރެއްވުމަށް ނާޒިމް އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވީ، ދެންނެވި ކަންކަން ޒުވާނުންނަށް ފަހިވެގެންދާނެ އިންތިޒާމުތައް އެމްއެންޕީގެ ސަރުކާރަކުން ހަމަޖައްސާނެކަމަށެވެ. އަދި އެގްޒިބިޝަންތައް ފަދަ ހަރަކާތްތައް އަހަރު ތެރޭގައި ބާއްވައިދީ އެކަމުގެ ސަބަބުން ޒުވާން ބައިވެރިންނަށް އިތުރު ނަފާއެއް ލިބިގެންދާނެ އިންތިޒާމުތައްވެސް ހަމަޖައްސަވައިދެއްވާނެކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: