ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ފުވައްމުލަކު ދަތުރު ފަސްކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަ: ފޮޓޯ ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ފުވައްމުލަކަށް ފައްޓަވަން އޮތް ދަތުރު ފަސްކޮށްކޮށްފި އެވެ.

ރައީސްގެ ކެމްޕޭންގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ފުވައްމުލަކަށް ރައީސް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މާދަމާއަށް ފަސްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފުސީލެއް ހާމަކޮށްފައި ނުވެއެވެ.

މަޢުލޫމާތި ލިބިފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅު ފަސްކުރެއްވި މައިގަނޑު ސަބަބަކީ މޫސުން ގޯސްވުމެވެ. ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވަނީ މެންދުރު ފަހު 2:45 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

ރައީސް ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ކުރިން ރޭވިފައި އޮތީ މިއަދު މެންދުރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: