ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނޑިޑޭޓުންނާއި ރަނިންމޭޓުންގެ ތަޅާފޮޅުމުގެ ތެރެއިން ޕާޓީތައް ފުނޑެނީ: މޫސާ މަނިކު

ރައީސް މުހައްމަދު ނަޝީދާއި، ރީކޯ މޫސާ މަނިކު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުން ކަނޑައެޅުމަށް މިހާރު އޮތް އުސޫލުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް އެމްޑީޕީގެ ކުރިގޭ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެނޑިޑަސީގެ މައްސަލައިގައި އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ހައްދަވައިގެން އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ދެކޮޅަށް މަސައްކަތްކުރައްވަމުންދާއިރު، މޫސަވަނީ ރިޔާސީ ކެނޑިޑަސީ އަދި ރަނިނގް މޭޓު ކަނޑައެޅުމުގެ ތެރެއިން ސިޔާސީ ޕާޓީތަކަށަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ނިޒާމު ބަދަލުކުރަންޖެހޭކަމަށެވެ. މޫސަ ވިދާޅުވީ، ރިޔސީ އިންތިހާބު އޮންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޕާޓީއަކުން ނެރޭނެ ކެނޑިޑޭޓުންނާއި ރަނިނގްމޭޓުވެސް އެ ޕާޓީގެ މަޖިލީހުން ފާސްކުރާ ގޮތަށް ކަނޑައަޅަން ވެފައިވާކަމަށެވެ.

މޫސަ ވިދާޅުވީ، މިހާރު ނަމެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ބަދަލުކޮށް އޭނާ ދެންނެވި ގޮތުގެ މަތިން އަމަލުކޮށް އިލެކްޝަންސް ކޮމިޝަނަށް ނަން ފޮނުވަން ގާނޫނު އިސްލާހުކުރަންވީކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީތަކުގެ ތެރޭގައި އެ ދެ މަގާމަށް ދަހިވެތިކަން އޮތްކަމަށެވެ. އަދި އެކަމުގެ ސަބަބުން ސިޔާސީ ޕާޓީތައް ފުނޑުފުނޑުވަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޕާޓީތަކުގެ ރިޔާސީ ޓިކެޓުގެ ދަހިވެތިކަމުގައި ބޮޑެތި މައްސަލަތައް އުފެދި ގެއްލުންތައް ލިބެމުންދާކަމަށް މޫސަ ފާހަގަކުރައްވިއިރު، މީގެ ދުވަސްތަކެއް ކުރިން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އަދި އޭނާގެ ދެމެދު މައްސަލަތަކެއް އުފެދިފައިވާކަމުގެ އިޝާރާތްތަކެއް ސޯޝަލްމީޑިއާއިން ފެނިގެންދިޔައެވެ. އެގޮތުން ފައްޔާޒު ރަނިނގް މޭޓުގެ މަގާމަށް ވާދަކުރައްވަމުންދާކަމަށް ބުނެ ވާހަކަތައް ފަތުރުއްވަމުންދަނީ މޫސަކަމަށް ފައްޔާޒު ވިދާޅުވިއިރު، މޫސަވަނީ އޭނާއަށް ރައްދުދެއްވައި ފައްޔާޒަކީ ޒާތީވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޕާޓީތައް ފުނޑެމުންދާކަމަށް ބުނެ މޫސަ ކަންބޮޑުވުން ފާޅުކުރެއްވިއިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ މައްސަލައިގައި އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންވަނީ ޕާޓީއިން ވަކިވެ އައު ޕާޓީއެއް އުފައްދާފައެވެ. އަދި ޕީޕީއެމްގެ ތެރޭގައިވެސް މައްސަލަތަކެއް އުފެދިފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ޝާއިއުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 43%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: