ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ގާނޫނުން ހުރިހާ ބާރުތައް ލިބިހުރެ މުއިއްޒުއަށް މާލެއަށް ކޮށްދެވުނު އެއްކަމެއްވެސް ނެތް: ރީކޯ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނޫގެ ދަށުން ހުރިހާ ބާރެއް ލިބިދީފައިވާނަމަވެސް، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުއަށް މާލޭގެ ރަށްވެހިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތަކެއް ގެނެސްދެއްވިފައިނުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި މޫސަވަނީ މުއިއްޒުގެ ކެންޑިޑެސީ އާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި މުއިއްޒު ވާދަކުރައްވަމުންދަނީ ކޮން ޕާޓީއެއްގެ ފަރާތުންތޯ އޭނާ ސުވާލު ކުރެއްވިއެވެ. މޫސަ ވިދާޅުވީ، މުއިއްޒު ވާދަކުރައްވަމުންދަނީ ކޮން ޕާޓީއެއްގެ ފަރާތުންކަމެއް ސާފުނުވާކަމަށެވެ.

އޭނާ ވިދާޅުވީ، މޭޔަރ މުއިއްޒުގެ ޓިކެޓަކީ ޕީޕީއެމްގެ ތެރެއިން “ވަގަށް” ނަގާފައިވާ އެއްޗެއްކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވަމުންދާކަމަށެވެ. އެގޮތުން އެމަނިކުފާނު ކެންޑިޑެސީ އާއި ހަވާލުވުމަށް ތައްޔާރަށް ހުންނެވިއިރު، ޕާޓީގެ ތެރެއިން ބަޔަކު މީހުން ޓިކެޓު ޖަހައިގަނެ މުއިއްޒުއަށް ހަވާލުކުރި ވާހަކަތައް ދައްކަވަމުންދާކަމަށް މޫސަ ފާހަގަކުރެއްވިއެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އާއި އެކު ކުރައްވަމުންދާ ދަތުރުގެ ތެރެއިން ރައީސް ވަހީދު ގެންދަވަނީ އެ ވާހަކަތައް ތަކުރާރުކުރައްވަމުންނަމަވެސް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އެ ވާހަކަ އަޑު އެހުމަށް މަސައްކަތްނުކުރާކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއިން ތިބީ އެކަމަށް ފާރަވެރިވެ ވިސްނައިގެންކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަވަނީ މުއިއްޒުއަށް މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރެވިފައިނުވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެ ވާހަކަތައް ދައްކަވަނީ މާލޭގެ ރަށްވެއްސެއްގެ ހައިސިއްޔަތުންކަމަށެވެ. މޫސަ ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން މުއިއްޒުއަށް އެންމެހާ ބާރުތައް ލިބިދީފައިވާނަމަވެސް އެފަދަ އެއްވެސް މައްސަލައަކަށް ހައްލެއް ގެނެވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގައި ހިނގައިބިނގައި އުޅުމަށް ދަތިކަމަށާއި ޕޭމަންޓުގައި އަޅާފައިވާ ގާތަކުން ގާކޮޅެއްވެސް ރަނގަޅުކޮށްފައިނުވާކަމަށެވެ. އެހެންނަމަވެސް މުއިއްޒުގެ އަރިހުގައި 34 އެޑްވައިޒަރުން ތިއްބަވާކަމަށާއި އޭގެން ކޮންމެ މީހެއްގެވެސް މުސާރަ ގޮތުގައި 40،000 ރުފިޔާ ދޭކަމަށް ވިދާޅުވިއެވެ.

އޭނާ ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެމްޑީޕީއަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާކަމަށްވެސް އަލިއަޅުއްވާފައެވެ. މޫސަ ވިދާޅުވީ، ދާދި ފަހުން ޝަހީމްވަނީ ރައީސް ސާލިހަށާއި އެމްޑީޕީއަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައިކަމަށެވެ. އޭނާ ވިދާޅުވީ، ޝަހީމް ވާހަކަދެއްކެވީ އެމްޑީޕީ އަދި ރައީސް ނިކަމެތި ކޮށްލާފައިކަމަށެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީއަށް ބަކަރި ހުއިހައްޕާ ބައިގަނޑެއްގެ ގޮތުގައި ނިސްބަތްކުރި އިރު، ސިޔަރަތު އަޑު އަހާލާފައިވާކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އޭނާ ވިދާޅުވީ، ސިޔަރަތު އަޑު އެއްސެވުމަށް އިލްތިމާޒްކުރައްވާކަމަށާއި ބަކަރި ހުއިހެއްޕުމަކީ ދެރަކަމެއް ނޫންކަމަށެވެ. އެހެންކަމުން އެފަދަ ވިސްނުންތަކެއް ގެންގުޅޭ ބަޔަކާ ވެރިކަން ހަވާލުކޮށްފި ހާލަތެއްގައި ތިބެންޖެހޭނީ ކުދި ގޮނޑީގައިކަމަށް މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގަނޑުވަރު ތެރެއަކަށް ނުވައްދާނެކަމަށާއި ބައިތިއްބާނީ ކޮޅު ފިލާ ގޮނޑިގައިކަމަށެވެ. އެހެންކަމުން ޝަހީމްގެ ފަރާތުން އިވިގޮސްފައިވަނީ ގަބޫލުކުރެވޭ ވާހަކަތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތައް ނުދެއްކެވުމަށް އެދިވަޑައިގަންނަވާކަމަށް މޫސަ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: