ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ލޯންޑަރިންގް މައްސަލައެއްގައި ކޮލަމްބިއާގެ ރައީސްގެ ދަރިފުޅު ހައްޔަރުކޮށްފި

ކޮލަމްބިއާގެ ރައީސް އަދި އޭނާގެ ދަރިފުޅު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ޕްރޮފައިލް މަނީ ލޯންޑަރިންގް މައްސަލައެއް ތަހުގީގުގެ ތެރެއިން ތުހުމަތުތަކެއް ކުރެވި ކޮލަމްބިއާގެ ރައީސްގެ ފިރިހެން ދަރަފުޅު ހައްޔަރުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ކޮލަމްބިއާގެ ރައީސްގެ ދަރިފުޅު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރެވިފައިވާ ފަރާތްތަކެއްގެ އަތުން ކެމްޕެއިން ދުވަސްވަރެއްގައި ފައިސާތަކެއް ނެގިކަމުގެ ތުހުމަތުގައެވެ. މިހާރު އެގައުމުގެ ރައީސްގެ މަގާމުގައި ހުންނެވި ގުސްތާވޯ ޕެޓްރޯވަނީ އޭނާގެ ދަރިފުޅާއި ގުޅުވައި ބަލަމުންދާ މައްސަލައިގެ ތަހުގީގުތަކުގެ ތެރެއަށް ވަދެވަޑައިނުގަންނަވާނެކަމަށް މީޑިއާތަކާއި ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވެފައިވާގޮތުން، ބައްޕައެއް އަދި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ފެންނަމުންދާ ކަންކަމާއި އޭނާގެ ދަރިއަކު ޖަލަށް ދާ މަންޒަރު ބެލުމަކީ ދަތިކަމެކެވެ. އެހެންނަމަވެސް ގައުމެއްގެ ރައީސްއެއްގެ ހައިސިއްޔަތުން އޭނާވަނީ އެ ގައުމުގެ ޕްރޮސެކިއުޓާރ އޮފީހަށް މި މައްސަލަ ބެލުމުގައި ކުރިއަށް ދެވޭނެކަމުގެ ޔަގީންކަން ދީފައިކަމަށް ގުސްތާވޯވަނީ ހިއްސާކުރައްވާފައެވެ.

ކޮލަމްބިއާގެ މިހާރުގެ ރައީސްގެ ދަރިފުޅު ނިކޮލަސް ޕެޓްރޯ ހައްޔަރުކުރުމަކީ ސަރުކާރަށް ލިބިގެންދިޔަ ބޮޑު ސިހުމެއްކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެ ގައުމުގެ ސަރުކާރަށްވަނީ އެމެރިކާގެ އެހީތެރިކަން ހޯދުމުގައި ނާކާމިޔާބީތަކާއި ކުރިމަތިލާންޖެހިފައިވުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކާއި ކުރިމަތިލާންޖެހިފައެވެ. މިހާރު ބަލަމުންދާ މައްސަލަ ފެށިގެން އައިސްފައިވަނީ ނިކޮލަސްގެ ކުރީގެ އަންހެނުން ޓީވީއަށް ދިން އިންޓަރވިއުއެއްގައި ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.

އެގޮތުން ނިކޮލަސްގެ އަންހެނުންވަނީ އެމެރިކާގައި މަސްތުވާތަކެތީގެ މައްސަލައެއްގެ ދައުވާ ކުރެވިފައިވާ ސިޔާސީ ފަރާތެއްގެ އަތުން ނިކޮލަސް ގިނަ އަދަދެއްގެ ފައިސާ ނެގިތަނެއްގައި ހާޒިރުވެ ހުރިކަމުގެ ވާހަކަތައް ހިއްސާކޮށްފައެވެ. އެހެންނަމަވެސް މިހާރުގެ ރައީސް އަށް އެކަންކަން އެނގިވަޑައިނުގަންނަވާކަމަށއި އެ ފައިސާތައްވެސް ބަހައްޓާފައި ހުރީ ދެމަފިރިންގެ ގެއެއްގައިކަމަށް ބުނެފައިވެއެވެ.

ކޮލަމްބިއާގެ ރައީސްގެ ދަރިފުޅު ނިކޮލަސްވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އެ ގައުމުގެ ޗީފް ޕްރޮސެކިއުޓާރ އޮފީސް އިން ދީފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ނިކޮލަސް އަދި އޭނާގެ ކުރީގެ އަނބިމީހާވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި ކޯޓަށް ހާޒިރުކުރެވުނުހާ އަވަހަކަށް ދެ މީހުންވެސް ބަނދުގައި ބައިތިއްބައިގެން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރެވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: