ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލަމްބިއާއިންވެސް އިސްރާއީލާއި ގުޅުން ކަނޑާލަފާނެކަމުގެ އިންޒާރުތަކެއްދީފި

ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާއި ދެކޮޅަށް ފާޑުކިޔުމުން ކޮލަމްބިއާއަށް ފިޔަވަޅު އެޅުމާއިއެކު އެ ގައުމުން އިސްރާއީލާއި ހާރިޖީ ގުޅުން ކަނޑާލަފާނެކަމަށް އިންޒާރުދީފިއެވެ.

ކޮލަމްބިއާގެ ބައެއް ނޫސްތަކުން ބުނާގޮތުން، އިސްރާއީލުންވަނީ ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކަށް ކޮލަމްބިއާގެ ރައީސްގެ ފާޑުކިޔުންތައް އަމާޒުކުރުމުގެ ރައްދެއްގެ ގޮތުގައި އެ ގައުމަށް އަސްކަރީ މުދާ އެކްސްޕޯޓުކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ. ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯވަނީ އިސްރާއީލުން އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ޖަރީމާތަަކަށް އަރައިގެނެފައިވާކަމަށް ބުނެފައެވެ. އަދި އިސްރާއީލުން އެ އަމަލުތައް ހިންގަމުންދަނީ ނުހައްގުން އަތުލައިގަނެފައިވާ ބިމެއްގައިކަމަށްވެސް ބުނެފައިވެއެވެ.

ހަމާސް ޖަމާއަތާއި އިސްރާއީލުގެ އަސްކަރިއްޔާ ދެމެދު ހިންގަމުންދާ ހަނގުރާމައިގައި އެ ގައުމުންދަނީ ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ އެހެނިހެން ސަރަހައްދުތަކަށްވެސް ބާރުގަދަ ބޮމުގެ ހަމަލާތައް ދެމުންނެވެ. ސޯޝަލްމީީޑިއާގައި މައުލޫމާތު ފަތުރާ ބައެއް މީހުން ބުނާގޮތުން ދާދި ފަހުން ޖަބަލިޔާ ކިޔާ ސަރަހައްދެއްގައި އެތައް ބަޔަކު މަރުވި ހަމަލާގައި އިސްރާއީލުން ބޭނުންކޮށްފައިވަނީ އެމެރިކާގައި އުފައްދާފައިވާ ބޮމެކެވެ. އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ގިނައިން އަނިޔާލިބި މަރުވަމުނުްދާ އެއް ބަޔަކީ ކުޑަކުދިންކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

ޕެޓްރޯވަނީ ނާޒީން ޔަހޫދީންގެ އެތައް ބަޔަކު މަރާލި މަރާލުމާއި އިސްރާއީލުން ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި އެއްފަދަ ކޮށްފައެވެ. އަދި އޭނާވަނީ އެ އަމަލުތައް ކުށްވެރިކޮށްފައެވެ. އިސްރާއީލުގެ އޮފިޝަލަކު ބުނެފައިވާގޮތުން ޕެޓްރޯގެ ވާހަކަތަކުން އޭނާ ހަމާސްގެ އަމަލުތަކަށް ތާއީދުކުރާކަން އެނގެއެވެ. އަދި އެކަމުން ޔަހޫދީންނާއި ދެކޮޅަށް ޝުއޫރު އުފެދިގެންދާކަަމަށާއި އިސްރާއީލުގެ އިތުރުން ކޮލަމްބިއާގައި ތިބި ޔަހޫދީންނަށްވެސް އޭނާގެ ވާހަކަތަކުން ނުރައްކާވެގެންދާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، އެ ގައުމުގެ ސަލާމަތީ ކަންކަމަށް ބޭނުންވާ ތަކެތި އިސްރާއީލުން ފޮނުވުން ހުއްޓާލާފައިވާކަމަށް ބުނެފައިވެއެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ކޮލަމްބިއާގެ ރައީސް ވަނީ އިސްރާއީލާއި ހާރިޖީ މުއާމަލާތްތައް މެދުކަނޑާލަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެކަމަށެވެ. އަދި އެ ގައުމުން އިސްރާއީލުން ހިންގަމުންދާ ނަސްލެއް ނައްތާލުމުގެ އަމަލަށް ތާއީދުނުކުރާނެކަމަށްވެސް ބުނެފައިވާއިރު އޭނާވަނީ އެ ސަރަހައްދުގެ ސަރުކާރުތަކަށް އެއްބައިވަންތަކަށާއި ސުލްހަމަސަލަސްކަމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 55%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: