ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ޝަރުތު ހަމަނުވޭ، ކެނޑިޑެސީ ފޯމު އީސީން ބަލައެއްނުގަތް!

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ސެޕްޓެމްބަރު 09 ގައި ބާއްވާ އިންތިހާބުގައި ވާދަކުރުމަށް އެންމެ ފުރަތަމަ ފޯމު ހުށަހެޅުއްވީ ރައީސް ޔާމީނެވެ. މަނީ ލޯންޑާރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެމަނިކުފާނުގެ ކެނޑެސީ އާއި މެދު ސުވާލުތައް ވެސް ވަނީ އުފެދިފަ އެވެ. އަދި މިއަދުގެ ހެނދުނުގެ 10 ގައި ހުށަހެޅި ފޯމާއި މެދު ގޮތް ނިންމައި އެކަން ކޮމިޝަނުން ވަނީ ޕާޓީއަށް މީގެ ކުޑައިރުކޮޅެއް ކުރިން އަންގާފަ އެވެ.

ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމައި، އޭގެ ސަބަބު ބަޔާން ކުރާ ލިއުމުގައި އީސީން ބުނެފައި ވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާގޮތުގެ މަތީން، ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރުމަށް ހުށަހެޅި ހުށަހެޅުން ގަބޫލު ކުރެވެން ނެތީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.

ކޮމިޝަނުން ބުނީ ރައީސް ޔާމީނަކީ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތުގެ ހުޖުމެއް އައިސްފައިވާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ. ރައީސް ޔާމީން ހުށަހަޅާފައިވާ ކުށުގެ ރެކޯޑުން ވެސް އެކަން އެނގެން އޮތް އިރު ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އީސީން ބުންޏެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: