ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާކުރާނީ ރައީސް ޞާލިހްއާއި ގުޅިވައިގެން ނޫން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ހަޔާތް ބިނާ ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ގުޅުވައިގެން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ އެމަނިކުފާންގެ ސިޔާސީ ހަޔާތް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސާޝަލް މީޑިއާގައި ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫނެވެ.

ޕާޓީގެ މެމްބަރުން އެއްބައިވާން އެދި ޑިމޮކްރެޓްސްގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުވި މެސެޖެއް ކަމަށް ބުނެ ސްކްރީންޝޮޓެއް މިއަދު މެންދުރު ޓްވިޓާގައި ދައުރުވާން ފެށި އެވެ.

“ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނަންވީ ތިބޭފުޅުން,” އޭގައި ލިޔެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އެ ސްކްރީންޝޮޓަކީ “ކަނޑައެޅިގެން ދޮގެއް” ކަމަށެވެ.

“މި ބާވަތުގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުދައްކަން. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް މި އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ އަދި އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާ ކުރާނީ ރައީސުލްޖުމްހޫރިއްޔާއާ ގުޅިގެންނެއް ނޫން. މިއީ ރައީސް އޮފީހުން ފައިސާ ހަރަދުކޮށްގެން ފޮނުވާ ދޮގު ހަބަރު,”

އެކަން ދޮގުކުރައްވައި ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް އެ ސްކްރީންޝޮޓުގައި އޮތް ވާހަކަތައް ޚަބަރުގެ ގޮތުގައި ގެނެސްދީފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: