ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތަކީ ހިޔާލު ތަފާތުވުންތަކަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު: ރައީސް ސާލިހު

ރައީސް ސާލިހު: ފޮޓޯ/ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށާއި އެހެނެނަމަވެސް މިވަގުތަކީ އެ ހުރިހާ ކަމެއް އެއް ފަރާތްކުރުމަށްފަހު ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތުކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ފިއްލަދޫގައި ކުރިއަށް ގެންދިޔަ ރިޔާސީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނުގެ އިލްތިމާޒްއަކީ ”ފޯކަސް“ ކުރެއްވުންކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް ފޯކަސް ކުރެއްވުމަށްކަމަށެވެ. ރައީސް ވިދާޅުވީ، ހިޔާލު ތަފާތުވުންތައް ހުރެދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ވަކިވަކި ފަރުދުންގެ ތެރޭގައި އެކި ކަންކަމުގައި ހިޔާލު ތަފާތުވާނެކަމަށެވެ. އެހެންނަމަވެސް މިވަގުތަކީ އެ ހުރިހާކަމެއް އެއް ފަރާތަށް ޖައްސައި އެކަންކަމުގެ މައްޗަށް މުޅި ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ވަގުތެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ތަފާތު ހިޔާލުތަކާއިއެކުވެސް ކުރިއަށް ދާން ދަސްކުރަންވާނެކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނު ވޭތުވެދިޔަ ފަސް އަހަރު ދުވަހު ވެރިކަން ކުރެއްވީ އެ އަސާސްގެ މައްޗަށް ބިނާކޮށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު މަސައްކަތްކުރެއްވީ އެކުގައި ތިއްބެވި ފަރާތްތަކުގެ ތެރޭގައިވެސް ހުރި ތަފާތު ހިޔާލުތައް އެއްތަންކޮށްގެން ގައުމުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތެއް ހޯދައިގެން އެ ގޮތެއްގެ މަތިން ކަންކަން ނިންމަވަމުންކަމަށެވެ.

ރައީސް ވިދާޅުވީ، އެ ގޮތަކީ މިނިސްޓަރު އިމްރާނަށާއި އެމަނިކުފާނު އަދި ކޯލިޝަންގެ ލީޑަރުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ނުވެދާނެކަމަށެވެ. އެހެންނަމަވެސް އެމްޑީޕީއިން އިސްކުރަންވާނީ ގައުމުގެ މަސްލަހަތުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މަސައްކަތްކުރަންވާނީ މުޅި ރާއްޖޭގެ ތަރައްގީއަށްކަމަށެވެ. އެހެންކަމުން ފިއްލަދޫ އަދި ބާރަށާއި އުތީމުގެ ރައްޔިތުންވެސް އިސްކުރަންވީ އެ މަސްލަހަތުކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެކަމުން އިރާދަކުރެއްވިއްޔާ ނުކުންނާނީ ރަނގަޅު ނަތީޖާއެއްކަމަށެވެ. ރައީސް ވިދާޅުވީ، އެކަމުން މުޅި ރާއްޖެއަށްވެސް ފައިދާތައް ލިބިގެންދާނެކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަށް އަސަރު ކުރާނެ ވަރުގެ ކަމެއް ނުކުރެއްވުމަށް އިލްތިމާޒްކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: