ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓިއޯ އިން ހިކިކިރުގެ ޕްރޮމޯޝަނެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓިއޯ އިން އަލްނޫރު ހިކިކިރުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަލްނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އޮމާން ފުޑްސްޓަފް ގެ އުފެއްދުމެކެވެ. މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި އޮމާން ފުޑްސްޓަފަކީ ފާހަގަ ކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.

އަލްނޫރު ހިކިކިރުގެ 800ގުރާމް، 1800ގުރާމާއި 2250 ގުރާމުގެ ޕެކެޓު އެސްޓިއޯއިން ދަނީ ވިއްކަމުންނެވެ.

އަލްނޫރު ހޯލްސޭލަށް އަދި ރީޓެއިލަށް ހާއްސަ ކޮށްގެން 2 އޮޮގަސްޓުގައި ފެށި މި ޕްރޮމޯޝަން ވަނީ މިއަހަރު ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައެވެ. ރީޓެއިލް ކަސްޓަމަރުންނަށް އަލްނޫރު ހިކިކިރު ޕެކެޓަކާއި އެކު އަލްނޫރު ލޯގޯޖެހި ރަނގަޅު ކޮލިޓީއެއްގެ ބިއްލޫރި ތައްޓެއް ލިބޭނެ އެވެ. ހޯލްސޭލް ކަސްޓަމަރުންނަށް  1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕަރސްޕެޝިއަލް މެޔޮނައިޒް ކޭހެއް ލިބެއެވެ. މީގެއިތުރުން ހޯލްސޭލް ކަސްޓަމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮރންސްޓިކް ޗީޒް ކޭހެއް ލިބޭނެކަމަށާއި އަދި ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓިއޯއިން އަންގާފައިވެއެވެ. މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބިގެންދާނެއެވ.

މި ޕްރޮމޯޝަން އެސްޓިއޯގެ ރީޖަނަލް ފިހާރަ ތަކުގައިވެސް ކުރިޔަށް ދާނެއެވެ.

އަލްނޫރަކީ ރާއްޖޭގެ ބާޒާރުގަެި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކިކިރުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. އެސްޓިއޯގެ އަމާޒަކީ މި ފަދަ ބްރޭންޑްތަށް ވީހާވެސް އަގުހެޔޮކޮށް އަދި ފަސޭހަ ކަމާއިއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުންކަމުގައި އެސްޓިއޯއިން އަންގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: